އީޑީސީ ޢިމާރާތުގެ ބައެއް ވެއްޓިފައި
އީޑީސީ ޢިމާރާތުގެ ބައެއް ވެއްޓިފައި
ކުރީގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރ (އީޑީސީ) ހިންގި އިމާރާތުގެ ބައެއް ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރެއް ހާއިރު ކަމަށެވެ. އަދި އެ އިމާރާތުގެ ބައެއް ވެއްޓުމުގެ ސަބަބުން އެތާ ކައިރީގައި ޕާކުކޮށްފައި ހުރި ދެ ސައިކަލާއި ދެ ކާރަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.

އަމީނީ މަގުގައި ހުންނަ އެ އިމާރާތާއި ޖެހިގެން ހުރި އިމާރާތަށް ވެސް ބައެއްކަހަލަ ގެއްލުންތައް ވަނީ ލިބިފައެވެ.

މިޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ މިމައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު