ފުލުހުންގެ ހިދުމަތް
ފުލުހުންގެ ހިދުމަތް
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބިދޭސީ ފިރިހެނަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، ސްޕެއިނަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ ފިރިހެނެކެވެ.

އޭނާގެ ބަންދުގެ އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ދައުލަތުން ކުރަނީ ރާއްޖެއަށް މަސްތުވާތަކެތީގެ ޓްރެފިކްކުރުމުގެ ތުހުމަތެވެ.

އޭނާ ކުށްކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ގަރީނާ ހުށަހަޅާފައިވާކަމަށް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން އޭނާ ރާއްޖެ އައި އިރު ލަގެޖުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށް އަމުރުގައި ވެއެވެ.

މި މީހާއާއެކު ދިވެހީންގެ އިތުރު ބަޔަކު ބައިވެރިވިކަމަށް ތުހުމަތުކުރެވޭ ކަމަށާއި މީނާގެ ލަގެޖުން ފެނުނު ތަކެތި ފީލްޑް ކިޓުން ކޮކެއިންނަށް ޕޮސިޓިވްވެފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.

އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު