ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ކަރަންޓު ކެނޑި މިއަދުގެ ޖަލްސާ މެދުކަނޑާލައިފިއެވެ.
މިއަދު ހެނދުނު 9 ޖެހިއިރު ފެށި މަޖިލިސް ޖަލްސާގައި ކަރަންޓު މައްސަލަ ދިމާވީ، 9:30ހާއިރު އެވެ. މަޖިލީހުގެ ތަޅުމުން ކަރަންޓު ކެނޑުނީ އިންޝުއަރެންސް ބިލުގެ ކޮމިޓީ ރިޕޯޓަށް ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވާހަކަދައްކަމުން ދަނިކޮށެވެ. ނަމަވެސް ކަރަންޓު ކެނޑުނު ސަބަބު ސާފުވެފައެއް ނުވެއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކަރަންޓަށް ދިމާވި މައްސަލަ ބަލަން ވަގުތުކޮޅެއް ނަގާނެ ކަމަށެވެ. ކަރަންޓު ކެނޑުމުން މެމްބަރުން ވަނީ މަޖިލިސް ތަޅުމުން ބޭރަށް ނުކުމެފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވީ މަޖިލީހުގެ ތަޅުމަށް އެކަންޏެވެ. މަޖިލިސް އިދާރާގެ އެހެން ތަންތަނުގައި ކަރަންޓު އެބަހުއްޓެވެ.
މަޖިލީހުގެ ދައުރު އިތުރުކޮށް މިހާރު ކުރިއަށް ގެންދާ ޖަލްސާތަކުގައި މުހިންމު ގިނަ މަސައްކަތްތަކެއް މެންބަރުން ގެންދަވަނީ ކުރަށްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު