ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހް، އިތުރު ދައުރަކަށް އެ ކޮމިޝަނަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިިލީހަށް ފޮނުއްވައިފިއެވެ.
ސީއެސްސީގެ ރައީސް ނާސިހު ހިމެނޭ ގޮތަށް އެ ކޮމިޝަންގެ ތިން މެންބަރެއްގެ ދައުރު އަންނަ މަހު ތިނަކަށް ހަމަވާނެއެވެ. އެހެންކަމުން ރައީސް މުޢިއްޒު ވަނީ އެ މަޤާމުތަކަށް އައްޔަނު ކުރެއްވުމަށް ފެނިވަޑައިގަންނަވާ ހަ ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވާފައެވެ.
ރައީސްގެ ސިޓީ މިއަދުގެ މަޖިލީހުގެ ތަޅުމުގައި އިއްވާފައިވާއިރު، ހަ ބޭފުޅުންގެ ލިސްޓުގެ ކުރީގައި އޮތީ ނާސިހުގެ ނަމެވެ. ދެވަނަ އަށް އޮތީ ޑރ. ހުސައިން ފާއިޒްއެވެ. އަދި ތިން ވަނައިގައި އޮތީ ޑރ. ދީބާ މޫސާ އެވެ.
ލިސްޓުގައި ދެން ހިމެނޭ ބޭފުޅުންނަކީ ބަދުރިއްޔާ މޫސާ އާއި، ޑރ. ފާތިމަތު މުނާ އާއި، އާމިނަތު އުއްމުކުލްސޫމެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ، މި ނަންތައް ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.
ނާސިހްގެ އިތުރުން ސީއެސްސީގައި ދެން ދައުރު ހަަމަވާ ދެ މެންބަރުންނަކީ މުހައްމަދު ފަރުސަތާއި، ފާތިމަތު ޝަރީފެވެ. މި ތިން ބޭފުޅުން އެ ކޮމިޝަނަށް އައްޔަންކޮށްފައިވާނީ، 3 ސެޕްޓެމްބަރު 2020ގަ އެވެ.
ސިވިލްސަރވިސް ގާނޫނު ބުނާ ގޮތުން ކޮމިޝަންގެ މެންބަރުން އައްޔަން ކުރަނީ ފަސް އަހަރުގެ ދައުރަކަށެވެ. އަދި ކޮންމެ ފަސް އަހަރަކުން އެމީހަކަށް މަޖިލީހަށް ރުހުން ލިބޭނަމަ، މަގާމުގައި ދެމި ހުރުމަށް ވަކިދިގުމިނެއް ޤާނޫނުގައި ނޯވެއެވެ.

ކިޔުންތެރިންގެ ހިޔާލު