މުޙައްމަދު ޝަފީޤު މަހުމޫދު
މުޙައްމަދު ޝަފީޤު މަހުމޫދު
ހިއުމަންރައިޓްސް ކޮމިޝަންގެ މެމްބަރު ކަމަށް މުޙައްމަދު ޝަފީޤު މަހުމޫދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

އެޗްއާރުސީއެމްގެ މެންބަރު ކަމަށް މުޙައްމަދު ޝަފީޤު މަހުމޫދު އައްޔަން ކުރުމަށް ރުހުން ދޭން ފާސްކުރީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ތިއްބެވި 65 މެންބަރުންގެ އިއްތިފާޤުންނެވެ.

މުޙައްމަދު ޝަފީޤު މަހުމޫދަކީ ކުރިން އެލްޖީއޭގެ ސީއީއޯ ކަމާއި ދައުލަތުގެ މީޑިޔާގެ މެނޭޖިންގ ޑިރެކްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އަދި އެއަޕޯރޓްސް ކޮމްޕެނީގެ އިސްމަގާމުތައްވެސް އޭނާ ފުރުއްވިއެވެ.

އެޗްއާރުސީއެމްގެ ދެ މެމްބަރެއްގެ ދައުރު ހަމަވާތީ ކޮމިޝަނަށް އައްޔަން ކުރެއްވުމަށް ރައީސް ފޮނުއްވި ދެ ބޭފުޅުންގެ ތެރެއިން ކޮމިޓީން 75 އިންސައްތަ އަށްވުރެ މަތިން މާކްސް ދިނީ ޝަފީޤަށެވެ.

ރައީސް ދެން ހުށަހެޅުއްވި މުޙައްމަދު ފާރިސް ޠާހާ އަށް 75 އިންސައްތަ މާރކްސް ލިބިފައި ނުވާތީ ކޮމިޓީން އޭނާގެ ނަން ތަޅުމަކަށް ނުފޮނުވައެވެ.



ކިޔުންތެރިންގެ ހިޔާލު