ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީސް
އިންޝުއަރެންސާއި ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގް ހުށައެޅުއްވި މި ބިލުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގައި އިންޝުއަރެންސް ވިޔަފާރި ހަރުދަނާކޮށް، ރައްކާތެރި ގޮތެއްގައި އިންޝުއަރެންސް ވިޔަފާރި ހިންގުމަށްޓަކައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމެވެ.

މިއަދުގެ ޖަލްސާގައި މި ބިލު ވަނީ ވޯޓުގައި ބައިވެރިވި 67 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

މި ބިލުގައި ވާގޮތުން، އެއްވެސް ފަރާތަކުން އިންޝުއަރެންސް ކްލެއިމް ކުރުމުގައި ގަސްދުގައި ސައްހަނޫން މައުލޫމާތު ދީގެން ނާޖާއިޒު މަންފާއެއް ހޯދަން މަސައްކަތްކޮށް ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެއްޖެނަމަ، 100،000 ރުފިޔާއާއި 5،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

އަދި މީގެ އިތުރުން، އިންޝުއަރެންސް ބިލުގައި ހިމެނޭ މަނާ ކަމެއް ކުރުމުގެ ތުހުމަތުގައި އެ ފަރާތެއް ބަލައި ފާސްކުރުމަށް ހުރަސްއަޅައިފިނަމަ 75،000 ރުފިޔާއާއި 750،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު