ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު، ރައްޔިތުންގެ މަޖިލީހުގައި އިތުރުފުޅު ހެއްދެވި ކަމަށް ބުނާ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމްއެވެ.
މީކާއިލް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، މި މަހުގެ 13 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއަށް ވަޑައިގެން ސުވާލުތަކަށް ޖަވާބު ދެއްވުމުގައި ހަލީލު އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ.
އެ ދުވަހުގެ ޖަލްސާގައި، ކުރީ ސަރުކާރުގެ ދުވަސްވަރު ހަލީލް އިންޑިއާ އައުޓް ލިޔެފައިވާ ޓީޝާޓެއް ތުރުކުރެއްވިތޯ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން "ތިއިން އެއްވެސް ބޭފުޅަކަށް ފެނިވަޑައިނުގަންނަވާނެ އިންޑިއާއައުޓް ޓީޝާޓު އަޅުގަނޑު ލައިގެން ހުއްޓައެއް. އެކަމަކު ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލާ ގުޅުންހުރި ޓީޝާޓެއް ލައިގެން ހުއްޓާ ފެނިވަޑައިގެންފައި އޮވެދާނެ" ކަމަށް ވިދާޅުވިއެވެ.
އެއާއި ގުޅިގެން މީކާއިލް ހުށަހެޅުއްވި މައްސަލާގައި ވަނީ "އިންޑިއާ އައުޓް" ޓީޝާޓް ތުރުކުރައްވައިގެން ހުއްޓާ ނުފެންނާނެ ކަމަށް ވިދާޅުވެ ހަލީލު ހެއްދެވީ އިތުރުފުޅެއް ކަމަށާއި އެކަމުގެ ހެކިތައް މުޅި ސޯޝަލް މީޑިއާ އިން ފެންނަމުންދާ ކަމަށެވެ.
އޭނާވަނީ "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން ހަލީލް ހުންނެވި ފޮޓޯއެއް ވެސް ހުށަހަޅުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު