ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ހިތަދޫ މެދު ދާއިރާ ތަމްސީލު ކުރަށްވަމުން ގެންދަވާ ޕީއެންސީގެ މެމްބަރު އަހުމަދު އަޒާން މަޖިލީހުގެ ބާރުގަދަ ކޮމިޓީތަކަށް އަލުން އައްޔަނު ކޮށްފިއެވެ.
މަޖިލީހުގެ ބާރުގަދަ ކޮމިޓީތައް ކަމަށްވާ މާލިއްޔަތު ކޮމިޓީ އާއި 241 ކޮމިޓީން އަޒާން ވަކިކޮށްފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ފާސްކުރި ބިލަށް ވޯޓު ނުދިނުމުންނެވެ. އެ މައްސަލައިގައި އޭނާ ވަނީ ޕީއެންސީގެ ވަޓްސްއަޕް ގްރޫޕުންވެސް ބޭރުކޮށްފައެވެ.
ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން ވަނީ އަޒާން އަލުން އެ ދެ ކޮމިޓީއަށް އައްޔަނު ކުރެއްވިކަން އިއުލާނު ކުރަށްވާފައެވެ.
އެގޮތުން ޕީއެންސީގެ ފަރާތުން 241 ކޮމިޓީގައި އިންނެވި ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްގެ ބަދަލުގައާއި، މާލިއްޔަތު ކޮމެޓީގައި ޕީއެންސީގެ ފަރާތުން އިންނެވި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާންގެ ބަދަލުގައި އެ ދެ ކޮމެޓީއަށް އަޒާން އައްޔަން ކުރަށްވާފައިވާކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.
ޕީއެންސީ އާއި އަޒާންގެ ގުޅުން ހީނަރުވީ ދުވަސްކޮޅު މަޖިލީހުގެ ބާރުގަދަ ކޮމިޓީތަކުން އަޒާން ވަކިކޮށް ލާފައިވަނީ ޕެޓިޝަން ކޮމިޓީއާއި އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށެވެ.

ކިޔުންތެރިންގެ ހިޔާލު