މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން-
މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން-
ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، (އެޗްއާރުސީއެމް) އަށް މެންބަރަކު އައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ތިން ބޭފުޅުންނާ ބެހޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މަޖިލީހުން ހުޅުވާލައިފިއެވެ.

އެޗްއާރްސީއެމްގެ ދެ މެންބަރެއްގެ މުއްދަތު އަންނަ މަހު 8 ވަނަ ދުވަހަށް ހަމަވާތީ މެންބަރުކަމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި، އެކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކޮމިޝަނަށް އައްޔަންކުރަން ރައީސްއަށް ފެނިވަޑައިގަނަންވާ ތަރުތީބުން މަޖިލީހަށް ފޮނުއްވީ ތިން ނަމެވެ.

އެއީ އަހްމަދު މަގްސޫމް، ސީބްރީޒް / ސ. ހުޅުދޫ އާއި، އަމީރާ ނައީމް، ހ. ބުރުޒް އަދި ފާތިމަތު ނަފްއަތު އަބްދުލްވައްހާބް، ދަފްތަރު ނަމްބަރު ދރ 712 އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ތިން ބޭފުޅުންގެ ނަން އިއުލާން ކުރެއްވުމަށްފަހު، އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް، މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އަލަށް ފޮނުއްވި ތިން ބޭފުޅުންނާބެހޭގޮތުން ޝަކުވާއެއް އޮތްނަމަ އެކަން މަޖިލީހުގެ އިދާރާއަށާއި، ކޮމިޓީއަށް ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 23 އަށް ވަނީ ހުޅުވާލައިފައެވެ.

އަދި މިމަހު 25 ގައި ކޮމިޓީން އެމީހުންނާ އިންޓަވިއު ކުރުމަށާއި، ކޮމިޓީގެ މަސައްކަތް މިމަހު 26 އަށް ނިންމުމަށްވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް