އއ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ އެ އަތޮޅުގެ މީހުން ދިރިއުޅޭ އަށް ރަށަކަށް ޒިޔާރަތްކުރައްވައި، ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.
ސަރުކާރުގެ އިސް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ހިމެނޭ ވަފުދެއް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންފައިވާއިރު، މި ވަފުދުން ވަނީ ކޮންމެ ރަށެއްގައިވެސް މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި ކުރިއަށް އޮތް ތަނުގައި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން އއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ތަޢާރަފުކުރެވުނެވެ.
މީގެ އިތުރުން މުހިންމު ތަރައްޤީގެ މަޝްރޫއުތައް ފައްޓަވައި، ނިމިފައި ހުރި ބައެއް މަޝްރޫޢުތައްވެސް ވަނީ މި ދަތުރުފުޅުގައި އިފްތިތާހުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު