މާލޭގެ މަސް މާރުކޭޓު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިލިއަން ޑޮލަރުން ގެއްލުންވާ ގޮތަށް އެއްބަސްވުން ހެދި މައްސަލަ ބަލައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ އޭސީސީއަށް ހުށަހެޅުއްވީ މާލެ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރުގެ ކައުންސިލު މެމްބަރު މުހައްމަދު ސައިފް ފާތިހުއެވެ.
މޭޔަރު އާދަމް އާޒިމަށް ސައިފް ފާތިހު ފޮނުއްވި ސިޓީގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި ކައުންސިލުން ބިޑަށް އިއުލާނުކޮށް އިވެލުއޭޓްކޮށް 6.1 މިލިއަން ޑޮލަރަށް ވަކި ބަޔަކަށް މަސް މާރުކޭޓުގެ މަސައްކަތް ހަވާލުކޮށްފައި އޮއްވާ، އާޒިމް ސިޓީ ކައުންސިލްގެ ރައީސް ކަމަށް ހޮވުނު ފަހުން ނަމަވެސް މޭޔަރު އާޒިމް އެ މަގާމަށް ހަވާލުވުމުގެ ކުރިން ސިޓީ ކައުންސިލުން ވަނީ އެ އެއްބަސްވުން އުވާލާ އާ އެއްބަސްވުމެއް ހަދާފައި ކަމަށެވެ.
އަދި ވިދާޅުވީ، އެ އެއްބަސްވުން ހަދާފައިވަނީ 9.5 މިލިއަން ޑޮލަރަށް ކަމަށާއި އެއީ ކުރިން ހެދި އެއްބަސްވުމުގައިވާ އަގަށްވުރެ 3.5 މިލިއަން ޑޮލަރު ބޮޑު އަދަދެއްކަމަށެވެ. އެހެންކަމުން އޮޑިޓު އޮފީހުން އެ މައްސަލަ ބަލަމުން ދިޔަނަމަވެސް، އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް އެކަން ހުށަހެޅުމަކީ މުހިންމު ކަމެއްކަމަށް ފެންނާތީ މިހާރު އެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވާނޭކަމަށް ސައިފް ފާތިހު ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން އެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ލީގަލް އޮފިސަރު ނަސީރު އެފަދަ އެއްބަސްވުމެއް ހަދާ ސޮއިކޮށްފައިވާތީ އޭނާގެ މައްސަލަ ބަލައި ނިމެންދެން މަގާމުގެ މަސްއޫލިއްޔަތުތަކުން އޭނާ ދުރުކޮށްދޭން ވެސް ސިޓީގައި ވަނީ އެދިވަޑައިގެންފައެވެ.
ސައިފު ވިދާޅުވީ އެކަން ކޮށްފައިވަނީ ކައުންސިލްގެ ރުހުމާ އެކު ނޫންކަން ވެސް އެނގެން އެބައޮތްކަމަށާއި އެގޮތަށް އަގަށް ބަދަލު ގެނައުމަކީ މާލިއްޔަތު ގާނޫނު ހުއްދަވެސް ކުރާ ކަމެއް ނޫންކަމަށެވެ. އެހެންވެ އެގޮތަށް އެކަން ކޮށްފައި އޮތުމުން އެއީ ކޮރަޕްޝަނާއި ފަސާދައިގެ އަމަލެއް ކަމަށް ބުރަވެވޭ ކަމަށް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު