18 އަހަރު ނުވާ ކުއްޖަކަށް ވަޅި ވިއްކައިފިނަމަ 20ހާސް ރުފިޔާއިން ޖޫރިމަނާވާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުންގެ ހިދުމަތުގެ ކްރައިމް ޕްރިވެންޝަން ސެންޓަރުން ބުނެފައިވަނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް މިއަދު ވަނީ އަމަލުކުރަން ފަށާފައި ކަމަށެވެ. އެ ގާނޫނުގެ ދަށުން ކުޑަކުދިންނަށް ވަޅި ވިއްކުން މަނާވާނެއެވެ.
ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގައި ވާގޮތުން ކުޑަ ކުއްޖަކަށް ވަޅި ވިއްކައިފިނަމަ ގާނޫނުގެ 37 ވަނަ މާއްދާގެ (ހ) އަދި (ށ)ގެ ދަށުން 20،000 ރުފިޔާ އާއި 100،000 ރުފިޔާ އާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
ފުލުހުން މިހާރު ގެންދަނީ މިގާނޫނުގައި ބަޔާންކޮށްފައިވާ ނުރައްކާތެރި ކުށްތަކަކީ ކޮބައިކަމާއި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ކުރާ ނުރައްކާތެރި ކުށްތަކާއި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ގެންގުޅުމުގެ ކުށާއި އެ ގާނޫނުގައި ހިމެނޭ މުހިންމު ކަންކަމުގެ މައުލޫމާތު ހިއްސާކުރަމުންނެވެ.
އަދި ފިހާރަތަކުން އެކި އުމުރުފުރާގެ މީހުން ވިޔަފާރި ކުރާއިރު، ވިޔަފާރިވެރިން ސަމާލުކަން ދޭންޖެހޭ ކަންކަމާއި ހާއްސަކޮށް 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ވަޅިއާއި ކަޓަރު ތިލަ އާއި އެ ނޫންވެސް ތޫނު ހަތިޔާރާއި މާރާމާރީ ހިންގުމަށް ބޭނުން ކުރެވިދާނެ ފަދަ އެއްވެސް އާލާތެއް ކުޑަކުދިންނަށް ވިއްކުމަކީ މަނާކަމެއްކަމުގެ މަޢުލޫމާތު ދިނުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު