ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާތަކެއް ބުދަ އާއި ބުރާސްފަތި ދުވަހު ބޭއްވުމުގެ މަސައްކަތް ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ފަށައިފިއެވެ.

އިތުބާރުހުރި މަސްދަރަކުން ރަސް އޮންލައިނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ޖަލްސާތައް ބޭއްވުމަށް މިއަދު ރަސްމީކޮށް ހުށަހެޅުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން މި ޖަލްސާތަކުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް މެންބަރަކު އައްޔަނު ކުރުމާއި، މީރާގެ ބޯޑަށް މެންބަރަކު އައްޔަނު ކުރުމުގެ އިތުރުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް ނިންމުމަށް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި އެ ޖަލްސާއެއް ނުވަތަ ޖަލްސާތައް ބާއްވަންވާނެ ކަމަށެވެ.

މަޖިލީހުގެ މިދައުރު ނިންމައި މެންބަރުން ޗުއްޓީއަށް ވަޑައިގެންފައިވަނީ، މިމަހުގެ 19 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް