އިމިގްރޭޝަނުން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީއަކު އަތުލައިގެންފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، މި ބިދޭސީ މީހާ އަތުލައިގަނެފައިވަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް އިމިގްރޭޝަންގެ ޓާސްކު ފޯހުން ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގެ ތެރެއިން ކަމަށެވެ.
އެގޮތުން އިއްޔެ ހަވީރު ހުޅުމާލޭގައި 03 ކެފޭއަކާއި 02 ފިހާރައެއް ބަލައި ބަލައި ފާސްކޮށް ޞައްޙަ ވިސާއެއް ނެތި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 1 ބިދޭސީއަކު އަތުލައިގެންފައިވާ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ، އެކަން ހައްލު ކުރުމަށް ދަޢުލަތުގެ މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދާ ރެއިޑު އޮޕަރޭޝަންތަކުގައި މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 7635 ބިދޭސީން ވަނީ ޑީޕޯޓު ކޮށްލާފައެވެ.
އޭގެއިތުރުން ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 174000 އަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ. އަދި މިހާތަނަށް ބަޔޯމެޓްރިކް އަދާހަމަކޮށްފައިނުވާ ބިދޭސީން ގެންގުޅޭ 2،498 ފަރާތެއް ވަނީ ސިސްޓަމުން ބްލޮކްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު