ޕޮލިސް ސާޖެންޓް މުހައްމަދު އަރުޝަދު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
ޕޮލިސް ސާޖެންޓް މުހައްމަދު އަރުޝަދު ނިޔާވީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ނިޔާވިއިރު އަރުޝަދުގެ އުމުރަކީ 37 އަހަރެވެ.
ފުލުސް އޮފީހުގެ ރަސްމީ ސޯޝަލް މީޑިއާ ހެންޑްލްތަކުން، އަރުޝަދު ނިޔާވުމާ ގުޅިގެން ތައުޒިޔާ ކިޔާފައިވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަރުޝަދު ނިޔާވީ ކުއްލި ގޮތަކަށް ނޭވާލާން ދަތިވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ. އަރުޝަދުގެ ގާތް މީހުންނާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވަނީ، އޭނާގެ ސިއްހީ މައްސަލައެއް ހުންނަކަން ފާހަގަވެފައި ނުވާ ކަމަށެވެ.
އަރުޝަދަކީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ ކާރު ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރާ ފުލުހެއް ކަމަށް ވެއެވެ. މިނިސްޓަރު މިހާރު ހުންނެވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަރިހުގައި ދަތުރުފުޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު