ދޮންއަންނާރުގޭ އިބްރާހީމް ރަޝީދަކީ އިސްލާހީ މަސައްކަތުގެ ބައިވެރިއެއްކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، އިބްރާހީމް ރަޝީދު މިއަދު ނިޔާވުމާ ގުޅިގެން އެކްސްގައި ލިޔުއްވި ތައުޒިޔާގެ މެސެޖެއްގައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިބްރާހިމް ރަޝީދު ނިޔާވީ ސްޓްރޯކެއް ޖެހިގެން ފަރުވާދެމުން ދަނިކޮށް މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. ޢާއިލާއާއެކު އޭނާ ދިރިއުޅުއްވަމުން ގެންދެވީ އަވައްޓެރި ލަންކާގައެވެ.
ރައީސް ނަޝީދު ވިދާޅުވީ، އިބްރާހީމް ރަޝީދަކީ ސިޔާސީ އިސްލާހީ މަސައްކަތުގެ ބައިވެރިއެއް ކަމަށެވެ. އަދި އޭނާ އަކީ އެ މަސައްކަތުގައި ނުހަނު ހިތްވަރުދެއްވި ބޭފުޅެއްކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އިއްބެއަކީ ރަސްއޮންލައިންގެ މީސްމީޑިއާ ހިންގެވުމުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވަމުން ގެންދެވި ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު