އެމެރިކާގެ ގިނަ ރައްޔިތުން ބޭނުން ވަނީ އެ ޤައުމުގެ ވެރިކަމުގައި ޑިކްޓޭޓަރެއް ހުންނަން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެއެވެ.
ޓްރަމްޕް މިހެން ވިދާޅުވީ ވޮޝިންޓަންގައި ފެޑަރަލް ބާރުތައް ޚަރުދަނާ ކުރުމަށް އަމުރު ތަކެއްގައި ސޮއި ކުރެއްވުމަށް ފަހު ދެއްކެވި ވާހަކައިގައެވެ.
އެގޮތުން ޓްރަމްޕު ވިދާޅުވީ ކުށްވެރިންނާއި، އިމިގްރޭޝަން މައްސަލަތަކާ ގުޅިގެން ނެޝަނަލް ގާޑުގެ އެހީގައި އަޅުއްވާފައިވާ ފިޔަވަޅު ތަކުގެ އަގު ވަޒަން ނުކުރެވޭ ކަމަށެވެ.
އެމެރިކާގެ ވެރިކަމުގައި އޭނާ ހުރުމަށް ބައެއް މީހުން ބޭނުން ނުވާ ކަމަށާއި، އެ ވާހަކަތައް ދައްކަމުން އަންނަ ކަމަށް ޓްރަމްޕު ވިދާޅުވިއެވެ. އަދި މިނިވަންކަން ކުރިއަށް ނެރެގެން، އެމީހުންގެ ވާހަކަތައް އެގޮތުގައި ބައްޓަން ކުރަމުން ގެންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި އޭނާއާ މުޚާތަބުކޮށް، އޭނާ އަކީ ޑިކްޓޭޓަރެއް ކަމަށް ބައެއް މީހުން ބުނަމުން ގެންދާކަންވެސް ޓްރަމްޕު ފާހަގަ ކުރެއްވިއެވެ.
"އެހެންނަމަވެސް އެމެރިކާގެ ގިނަ ރައްޔިތުން ބުނަމުން އަންނަނީ އެމީހުންނަށް ޑިކްޓޭޓަރެއް ރަނގަޅު ވެދާނެކަމަށް" ޓްރަމްޕު ވިދާޅުވިއެވެ.
އޮގަސްޓު މަހުގެ ކުރީ ކޮޅު ޓްރަމްޕް ވަނީ ވޮޝިންޓަންގެ އެކި ކުއްވެރިންގެ މައްސަލަތަކާ ގުޅިގެން ނެޝަނަލް ގާޑު އެ ސަރަހައްދަށް ފޮނުއްވައި، އެ ސިޓީގެ ފުލުހުންގެ ބާރުތައް ފެޑަރަލް ސަރުކާރުގެ ދަށަން ގެންނަވާފައެެވެ. ޓްރަމްޕްގެ އެ ނިންމެވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އޭނާ އަށް ފާޑު ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު