ގައުމީ ސަލާމަތޭ ބުނެ ފުލުހުންނަށް މީޑިއާ ހުއްޓުވޭނަމަ އެއީ ގޯހެއްކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަމްހީދު މި ބީދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށައަޅާފައިވާ “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު“ގެ ބަހުސްގައެވެ.
އެގޮތުން މިއަދުގެ ޖަލްސާގައި ޑރ. ޝަމްހީދު ވަނީ ބިލް އަނބުރާ ގެންދިއުމަށް ގޮވާލައްވާފައެވެ. އަދި މިބިލުގައި މިހާރު އުފެދިފައިވާ މީޑިއާތަކާ ގުޅުންހުރި ދެ ކޮމިޝަން އެއްކޮށްލުމަށް ހުށައަޅާފައި އޮތްއޮތުމަކީ އެއްގޮތަކަށް ވެސް ކުރަން ހެޔޮވާވަރު ކަމެއް ނޫން ކަމަށްވެސް ޑރ. ޝަމްހީދު ވިދާޅުވެފައިވެއެވެ.
“ވަރަށް ބިރުވެރި ބޮޑެތި ލަފްޒުތައް ލައިގެން މީޑިއާ ސެންސާޝިޕް ހުންނަ ގައުމުތަކުގައި ޓޫލަކަށް ބޭނުންކުރާ ލަފްޒުތައް ލައިގެން މި ހުރީ ހަދާފައި. ގައުމީ ސަލާމަތް ކާކުތޯ ނިންމަނީ. އެ ހިސާބުން ފުލުހުންނަށް ވެސް ގޮސް މީޑިއާ ހުއްޓުވޭ.” ޑރ. ޝަމްހީދު ވިދާޅުވިއެވެ.
އޭގެއިތުރުން ޑރ. ޝަމްހީދު ވިދާޅުވީ، ޕްރިންޓް މީޑިއާތަކަކީ އަމިއްލައަށް ރެގިއުލޭޓް ވެގެން އަމިއްލައަށް އުސޫލުތައް ހަދައިގެން ހިންގާ ދާއިރާއެއް ކަމަށާއި އެއީ ދުނިޔޭގެ ބެސްޓް ޕްރެކްޓިސް ކަމަށެވެ.
“2025 ވަނަ އަހަރު ރައީސް މުއިއްޒުގެ ވެރިކަމުގައި މިފަދަ ބިލަކަށް މަޝްވަރާކުރަން ޖެހުނީމާ ލަދުގަނޭ. އަޅުގަނޑުމެން ބަހުސް ކުރަންވީ މީޑިއާއަށް އިތުރު ބާރުދޭން.” ޑރ. ޝަމްހީދު ވިދާޅުވިއެވެ.
ޑރ. ޝަމްހީދު މިހެން ވިދާޅުވެފައިވާއިރު، މިބިލު މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވަނީ ގޮވާލައިފައެވެ. އަދި ބިލު ބޭރުކޮށްލަން ގޮވާލައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސްނަގައިގެން ޕެޓިޝަނެއްގައި ސޮއިކުރަމުންދާއިރު، ނޫސްވެރިން މިއަދު ވަނީ މަޖިލީސް ބޭރުގައި ބިލާއި ދެކޮޅަށް އިޙްތިޖާޖުވެސް ކޮށްފައެވެ.
މީޑިއާ ކޮންޓްރޯލްކުރުމަށް ސަރުކާރަށް ލިބޭގޮތަށް މަޖިލީހަށް މިހާރު ހުށައަޅާފައިވާ ބިލާމެދު މަޝްވަރާ ކުރަންޖެހޭ ކަމެއް ނެތް ކަމަށާއި އެބިލް ޖެހޭނީ އަނބުރާ ގެންދަން ކަމަށް ރާއްޖޭގެ ތަޖުރިބާކާރު ބައެއް ނޫސްވެރިންވެސް ވިދާޅުވެފައިވެއެވެ.
އެ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭނެ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެއެވެ. ހަމައެހެންމެ، މީޑިއާ ބިލު ފާސްވެއްޖެނަމަ، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއިން ފެށިގެން 25،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި މީޑިއާ ވަސީލަތްތަކަށް 100،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.
އޭގެއިތުރުން، މައްސަލައެއް ބަލައި ނުނިމެނީސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުމާއި، ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އޭގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލަމުން ދަނިކޮށް، ނޫސް ވެބްސައިޓެއް ބްލޮކް ކުރުން ނުވަތަ ޓީވީގެ ބްރޯޑްކާސްޓު ހުއްޓުވަން އެންގުމުގެ ބާރުވެސް ކޮމިޝަނަށް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު