މީޑިއާތަކާ ބެހޭ ބިލު މިހާރު އޮތްގޮތަށް ފާސްކުރަން ދެކޮޅު ކަމަށް ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.
އަޒާން މި ބީދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށައަޅާފައިވާ “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު“ގެ ބަހުސްގައެވެ.
އެގޮތުން އަޒާން ވަނީ، މީޑިއާ ވެސް ހިންގަން ޖެހޭނީ ވަކި އިމެއްގެ ތެރެއިން ކަމަށް ގަބޫލު ކުރެއްވި ނަމަވެސް، މިހާރު ހުށަހަޅާފައި އޮތް މީޑިއާތަކާ ބެހޭ ބިލު އޮތްގޮތަށް ފާސްކުރަން ދެކޮޅު ކަމަށް ވިދާޅުވެފައެވެ.
ހަމައެއާއެކު އަޒާން ވިދާޅުވީ، ކޮމިޝަނުން މައްސަލައެއް ބަލަން ފެށުމާއެކު ނޫހެއް ހުއްޓުވާލެވޭ ގޮތަށް ބިލުގައި އޮތް އޮތުމަށް ތާއީދު ނުކުރައްވާ ކަމަށެވެ. އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ ގޮތަކަށް ބިލުގައި އޮވެއްޖެނަމަ ވެރިން ހިތްޕުޅާނުވާ ޙާލަތެއްގައި މީޑިއާތަކުގެ މައްޗަށް ނުރަނގަޅު ނުފޫޒެއް ފޯރުވުމަށް މަގުފައިވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
“އަބަދަކު ވެރިކަމުގައި ތިބޭނީ އަޅުގަނޑުމެންގެ ޕާޓީ ނޫންކަން. އޭރު އެ ކުރެއްވި ކަހަލަ ވެރިކަމެއް ދެން އަތުވެއްޖެއްޔާ އަނެއްކާވެސް މިފަދަ ގާނޫނުތައް ދެން ބޭނުންކުރާނީ އަޅުގަނޑުމެންނާ ދެކޮޅަށް. ނޫސްވެރިންނާ ދެކޮޅަށް. އަދި މިނިވަން ހިޔާލާއި މިނިވަން ފިކުރާ ދެކޮޅަށް.” އަޒާން ވިދާޅުވިއެވެ.
އަޒާން މިހެން ވިދާޅުވެފައިވާއިރު، މިބިލު މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވަނީ ގޮވާލައިފައެވެ. އަދި ބިލު ބޭރުކޮށްލަން ގޮވާލައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސްނަގައިގެން ޕެޓިޝަނެއްގައި ސޮއިކުރަމުންދާއިރު، ނޫސްވެރިން މިއަދު ވަނީ މަޖިލީސް ބޭރުގައި ބިލާއި ދެކޮޅަށް އިޙްތިޖާޖުވެސް ކޮށްފައެވެ.
މީޑިއާ ކޮންޓްރޯލްކުރުމަށް ސަރުކާރަށް ލިބޭގޮތަށް މަޖިލީހަށް މިހާރު ހުށައަޅާފައިވާ ބިލާމެދު މަޝްވަރާ ކުރަންޖެހޭ ކަމެއް ނެތް ކަމަށާއި އެބިލް ޖެހޭނީ އަނބުރާ ގެންދަން ކަމަށް ރާއްޖޭގެ ތަޖުރިބާކާރު ބައެއް ނޫސްވެރިންވެސް ވިދާޅުވެފައިވެއެވެ.
އެ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭނެ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެއެވެ. ހަމައެހެންމެ، މީޑިއާ ބިލު ފާސްވެއްޖެނަމަ، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއިން ފެށިގެން 25،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި މީޑިއާ ވަސީލަތްތަކަށް 100،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.
އޭގެއިތުރުން، މައްސަލައެއް ބަލައި ނުނިމެނީސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުމާއި، ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އޭގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލަމުން ދަނިކޮށް، ނޫސް ވެބްސައިޓެއް ބްލޮކް ކުރުން ނުވަތަ ޓީވީގެ ބްރޯޑްކާސްޓު ހުއްޓުވަން އެންގުމުގެ ބާރުވެސް ކޮމިޝަނަށް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު