މީޑިއާ ރެގިއުލޭޓް ކުރާ ބިލް މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ.
މިބިލު މަޖިލީހަށް ބަލައިގެންފައިވަނީ މިހާރު ކުރިއަށްދާ މަޖިލީހުގެ ކުއްލި ޖަލްސާގައި 49 މެންބަރުންގެ ތާޢީދާ އެކުގައެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. ބިލު ބަލައިގަނެ، ދިރާސާ ކުރުމަށް ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފައެވެ.
މީޑިއާ ބިލަށް ވޯޓަށް އެއްސެވުމަށް ފަހު، މަޖިލިހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ، ދައުރުން ބޭރުގެ ޖަލްސާއަށް އެޖެންޑާކުރި ހުރިހާ ކަމަކަށް ވޯޓަށް އަހައި ނިމުނީ ކަމަށާއި، ދައުރުން ބޭރުގައި ދެން ޖަލްސާއެއް ނޯންނާނެ ކަމަށެވެ.
މިބިލު މަޖިލީހަށް ބަލައިގެންފައިވާއިރު، މިއަދު ބިލް ބަލައިގަންނަން ޕީއެންސީގެ ޕީޖީ ގްރޫޕުން ވޯޓް ދޭނެ ކަމަށް އެޕާޓީގެ ޕީޖީ ލީޑަރ ފަލާޙް ވަނީ ބިލުގެ ބަހުސްގައި ވިދާޅުވެފައެވެ. އަދި އެބިލުގެ ސަބަބުން މީޑިއާގައި މަސައްކަތްކުރާ ފަރާތަކަށް ހުރަހެއް އޮތް ކަމަކަށް ގަބޫލް ނުކުރަށްވާ ކަމަށްވެސް ފަލާޙް ވިދާޅުވިއެވެ.
ހަމައެއާއެކު ފަލާޙް ވިދާޅުވީ ދޮގު ހަބަރު ފަތުރާ މީހުން އުލުބައިދަން ޖެހޭ ކަަމަށާއި، ބިލް ބަލައިގަންނަން ވޯޓް ނުދޭ މީހަކީ ގައުމު ފަސާދަ ކުރަން އުޅޭ މީހުން ކަމަށެވެ.
ފަލާޙް މިހެން ވިދާޅުވެފައިވާއިރު، މިބިލު މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވަނީ ގޮވާލައިފައެވެ. އަދި ބިލު ބޭރުކޮށްލަން ގޮވާލައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސްނަގައިގެން ޕެޓިޝަނެއްގައި ސޮއިކުރަމުންދާއިރު، ނޫސްވެރިން މިއަދު ވަނީ މަޖިލީސް ބޭރުގައި ބިލާއި ދެކޮޅަށް އިޙްތިޖާޖުވެސް ކޮށްފައެވެ.
މީޑިއާ ކޮންޓްރޯލްކުރުމަށް ސަރުކާރަށް ލިބޭގޮތަށް މަޖިލީހަށް މިހާރު ހުށައަޅާފައިވާ ބިލާމެދު މަޝްވަރާ ކުރަންޖެހޭ ކަމެއް ނެތް ކަމަށާއި އެބިލް ޖެހޭނީ އަނބުރާ ގެންދަން ކަމަށް ރާއްޖޭގެ ތަޖުރިބާކާރު ބައެއް ނޫސްވެރިންވެސް ވިދާޅުވެފައިވެއެވެ.
އެ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭނެ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެއެވެ. ހަމައެހެންމެ، މީޑިއާ ބިލު ފާސްވެއްޖެނަމަ، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއިން ފެށިގެން 25،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި މީޑިއާ ވަސީލަތްތަކަށް 100،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.
އޭގެއިތުރުން، މައްސަލައެއް ބަލައި ނުނިމެނީސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުމާއި، ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އޭގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލަމުން ދަނިކޮށް، ނޫސް ވެބްސައިޓެއް ބްލޮކް ކުރުން ނުވަތަ ޓީވީގެ ބްރޯޑްކާސްޓު ހުއްޓުވަން އެންގުމުގެ ބާރުވެސް ކޮމިޝަނަށް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު