ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރުކަމަށް 3 ބޭފުޅަކު އައްޔަނު ކުރަން މަޖިލީހުން ފާސްކޮށްފިއެވެ.
ސީއެސްސީގެ މެމްބަރުކަމަށް މީހުން ހޮވުމަށް އިއުލާންކޮށްފައިވަނީ އެ ކޮމިޝަނުގެ 3 މެންބަރެއްގެ މަގާމުގެ މުއްދަތު އަންނަ މަހުގެ 3 ވަނަ ދުވަހަށް ހަމަވާތީއެވެ.
އެގޮތުން އެ މަގާމުތަކަށް އައްޔަނު ކުރުމަށްޓަކައި ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ 6 ބޭފުޅެއްގެ ނަން ފޮނުއްވާފައެވެ.
މި މައްސަލަ ދިރާސާކުރުމަށްފަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން 75 އިންސައްތައަށްވުރެ މަތިން މާކްސް ދީފައި ވަނީ 3 ބޭފުޅަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ މ. ވައިޓްބެލް، ޑރ. ދީބާ މޫސާ، ޑރ. ހުސައިން ފާއިޒު، އަދި މުޙައްމަދު ނާސިހު އެވެ.
ސީއެސްސީއަށް ޑރ. ދީބާ މޫސާ އައްޔަން ކުރެއްވުމަށް 60 މެންބަރުން ވޯޓު ދެއްވިއިރު، ޑރ. ހުސައިން ފާއިޒު އައްޔަން ކުރެއްވުމަށް 54 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. އަދި މުޙައްމަދު ނާސިހު އައްޔަން ކުރެއްވުމަށް 52 މެންބަރުން ވޯޓު ދެއްވިއެވެ.
މި ތިން މެންބަރުންވެސް ސީއެސްސީއަށް އައްޔަން ކުރައްވަން ފެންނަ ކަމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު