ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިވެއްޖެނަމަ މިނިވަންކަމާއި ތަނަވަސްކަން ކުޑަވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށައަޅާފައިވާ މީޑިއާ ކޮންޓްރޯލް ކުރުމުގެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލާ މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ.
އެގޮތުން ރައީސް ނަޝީދުގެ މެސެޖުގައި ވަނީ، އެ ބިލް ތަސްދީގު ނުކުރެއްވުމަށް ރައީސް ޑރ. މުޢިއްޒުގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި ސަރުކާރަކުން ރައްޔިތުންނަށް ލިބިފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރާ ކޮންމެ ފަހަރަކީ އެ ގައުމެއްގެ މިނިވަންކަންކަމާއި ތަނަވަސްކަން ކުޑަވާ ހިނދުކޮޅެއްކަން ރައީސް ނަޝީދު ފާހަގަ ކުރަށްވާފައިވެއެވެ.
އޭގެ އިތުރުން ރައީސް ނަޝީދުގެ މެސެޖުގައި އެބިލާ ދެކޮޅަށް އިޙްތިޖާޖު ކުރަމުން ދަނިކޮށް ހައްޔަރުކުރި ނޫސްވެރިން ދޫކޮށްލުމަށްވެސް ގޮވާލަށްވާފައިވެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އިއްޔެ ބޭއްވި މަޖިލީހުގެ ކުއްލި ޖަލްސާއެއްގައި މީޑިއާ ރެގިއުލޭޓް ކުރާ ބިލް މަޖިލީހަށް ބަލައިގަނެ ވަނީ ކޮމިޓީއަށް ފޮނުވައިފައެވެ.
އަދި މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ނިންމީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ޔޫތު މިނިސްޓްރީ އާއި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތައް އެ ކޮމިޓީ އަށް ހާޒިރުކޮށް، ހިޔާލު ހޯދުމަށެވެ.
އަދި އެބިލު އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިންމަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ނިންމާފައިވެއެވެ.
މިބިލު މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވަނީ ގޮވާލައިފައެވެ. އަދި ބިލު ބޭރުކޮށްލަން ގޮވާލައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސްނަގައިގެން ޕެޓިޝަނެއްގައި ސޮއިކުރަމުންދާއިރު، ނޫސްވެރިން އިއްޔެ ވަނީ މަޖިލީސް ބޭރުގައާއި، މުލިއާގޭ ސަރަޙައްދާއި، ރައީސް އޮފީސް ދޮރުމަތީގައިވެސް ބިލާއި ދެކޮޅަށް އިޙްތިޖާޖު ކޮށްފައެވެ.
މީޑިއާ ކޮންޓްރޯލްކުރުމަށް ސަރުކާރަށް ލިބޭގޮތަށް މަޖިލީހަށް މިހާރު ހުށައަޅާފައިވާ ބިލާމެދު މަޝްވަރާ ކުރަންޖެހޭ ކަމެއް ނެތް ކަމަށާއި އެބިލް ޖެހޭނީ އަނބުރާ ގެންދަން ކަމަށް ރާއްޖޭގެ ތަޖުރިބާކާރު ބައެއް ނޫސްވެރިންވެސް ވިދާޅުވެފައިވެއެވެ.
އެ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭނެ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެއެވެ. ހަމައެހެންމެ، މީޑިއާ ބިލު ފާސްވެއްޖެނަމަ، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއިން ފެށިގެން 25،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި މީޑިއާ ވަސީލަތްތަކަށް 100،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.
އޭގެއިތުރުން، މައްސަލައެއް ބަލައި ނުނިމެނީސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުމާއި، ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އޭގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލަމުން ދަނިކޮށް، ނޫސް ވެބްސައިޓެއް ބްލޮކް ކުރުން ނުވަތަ ޓީވީގެ ބްރޯޑްކާސްޓު ހުއްޓުވަން އެންގުމުގެ ބާރުވެސް ކޮމިޝަނަށް ލިބޭނެއެވެ.

As a writer and former prisoner of conscience my plea to President Dr. Muiz is not to ratify the Media Bill. Whenever a government suppresses people’s right to freedom of expression it inevitably makes the country less free and less prosperous. I also call on the journalists…
— Mohamed Nasheed (@MohamedNasheed) August 28, 2025
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އިއްޔެ ބޭއްވި މަޖިލީހުގެ ކުއްލި ޖަލްސާއެއްގައި މީޑިއާ ރެގިއުލޭޓް ކުރާ ބިލް މަޖިލީހަށް ބަލައިގަނެ ވަނީ ކޮމިޓީއަށް ފޮނުވައިފައެވެ.
އަދި މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ނިންމީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ޔޫތު މިނިސްޓްރީ އާއި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތައް އެ ކޮމިޓީ އަށް ހާޒިރުކޮށް، ހިޔާލު ހޯދުމަށެވެ.
އަދި އެބިލު އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިންމަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ނިންމާފައިވެއެވެ.
މިބިލު މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވަނީ ގޮވާލައިފައެވެ. އަދި ބިލު ބޭރުކޮށްލަން ގޮވާލައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސްނަގައިގެން ޕެޓިޝަނެއްގައި ސޮއިކުރަމުންދާއިރު، ނޫސްވެރިން އިއްޔެ ވަނީ މަޖިލީސް ބޭރުގައާއި، މުލިއާގޭ ސަރަޙައްދާއި، ރައީސް އޮފީސް ދޮރުމަތީގައިވެސް ބިލާއި ދެކޮޅަށް އިޙްތިޖާޖު ކޮށްފައެވެ.
މީޑިއާ ކޮންޓްރޯލްކުރުމަށް ސަރުކާރަށް ލިބޭގޮތަށް މަޖިލީހަށް މިހާރު ހުށައަޅާފައިވާ ބިލާމެދު މަޝްވަރާ ކުރަންޖެހޭ ކަމެއް ނެތް ކަމަށާއި އެބިލް ޖެހޭނީ އަނބުރާ ގެންދަން ކަމަށް ރާއްޖޭގެ ތަޖުރިބާކާރު ބައެއް ނޫސްވެރިންވެސް ވިދާޅުވެފައިވެއެވެ.
އެ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭނެ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެއެވެ. ހަމައެހެންމެ، މީޑިއާ ބިލު ފާސްވެއްޖެނަމަ، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއިން ފެށިގެން 25،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި މީޑިއާ ވަސީލަތްތަކަށް 100،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.
އޭގެއިތުރުން، މައްސަލައެއް ބަލައި ނުނިމެނީސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުމާއި، ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އޭގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލަމުން ދަނިކޮށް، ނޫސް ވެބްސައިޓެއް ބްލޮކް ކުރުން ނުވަތަ ޓީވީގެ ބްރޯޑްކާސްޓު ހުއްޓުވަން އެންގުމުގެ ބާރުވެސް ކޮމިޝަނަށް ލިބޭނެއެވެ.
ކިޔުންތެރިންގެ ހިޔާލު