ހޫޘީންނަށް ސަޕޯޓުޖުރާ ފަރާތްތައް-
ހޫޘީންނަށް ސަޕޯޓުޖުރާ ފަރާތްތައް-
އިސްރާއީލަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ޔަމަނުން ބުނެފިއެވެ.

ޔަމަނުގެ ހޫޘީންގެ ލީޑަރު މިހެން ބުނީ އިސްރާއީލުގެ ހަމަލާއެއްގައި ޔަމަނުގެ ބޮޑުވަޒީރު އަހްމަދު ޣާލިބް ނާސިރު އަލް-ރަހާވީ އާއި އެހެން މިނިސްޓަރުން ތަކެއް އަވަހާރަ ކޮށްލުމާ ގުޅިގެންނެވެ.

އިސްރާއީލުގެ އަސްކަރިއްޔާ އިން ޔަމަނުގެ ވެރިރަށް ސަންޢާ އަށް ދިން ހަމަލާ ގައި ހޫޘީ ސަރުކާރުގެ އިސް އޮފިޝަލުން ތަކަކަށް އަމާޒު ކުރެވުނު ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ހޫޘީންގެ ލީޑަރު ބުނީ މިސައިލްތަކާއި ޑްރޯންތަކުން އިސްރާއީލަށް ހަމަލާ ދިނުން ކުރިއަށް ގެންދާނެ ކަމަށާއި، މި ހަމަލާތައް އިތުރު ކުރާނެ ކަމަށެވެ.

އަދި ހޫޘީން ކޮންޓްރޯލު ކުރާ ސަރަހައްދުތަކަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުން އެ ގްރޫޕް ބަލިކަށިވެ ނުވަތަ އެމީހުންގެ ހަނގުރާމަވެރިންގެ ހިތްވަރު އެލިގެން ނުދާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އޮކްޓޯބަރު 2023 ގައި ޣައްޒާގެ ހަނގުރާމަ ފެށުނީއްސުރެ ހޫޘީން ވަނީ އިސްރާއީލަށް ތަކުރާރުކޮށް ޑްރޯން އަދި މިސައިލް ހަމަލާތައް ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު