ބޯޓު ފުންކުރުމުގެ މަސައްކަތް ކުރަނީ
ބޯޓު ފުންކުރުމުގެ މަސައްކަތް ކުރަނީ
500 ކޭސް ފެން ބަރުކޮށްގެން ދަތުރު ކުރަނިކޮށް ކުޅުދުއްފުށީ ފަރަށް އެރި ބޯޓް ފުންކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނު ބަނދަރާ ދިމާލު ފަރަށް މިދިޔަ އާދީއްތަ ދުވަހު ހަވީރު އެރި ބޯޓް ފުންކުރެވިފައި ވަނީ މިއަދު ހެނދުނު 10:00 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިޔާ ކޯސްޓްގާޑާއި ޓަގް ބޯޓެއްގެ އިތުރުން ސަޕްލައި ދޯންޏެއްގެ އެހީތެރިކަމާ އެކުގައެވެ.

ބޯޓް ފަަރަށް އަރާފައިވަނީ ބޯޓުގެ އިންޖީނަށް މައްސަލައެއް ދިމާވެގެން އެކަން ޙައްލު ކުރުމަށްފަހު ފުރިފަހުން އިންޖީނު ހުއްޓިގެންނެވެ. މިހާދިސާގައި ބޯޓުގެ އަރިމަތި ވަނީ ވަަރަށް ބޮޑަަށް ފަޅައިގެން ގޮސްފައެވެ.

ފަރަށް އަރާފައިވަނީ ހއ އަތޮޅާއި ހދ އަތޮޅުގެ ބައެއް ރަށްތަކަށް މުދާ އުފުލުމަށް މާލެ ދަތުރުކުރާ ޑީއެމްއެމް އެކްޕްރެސް ބޯޓެވެ.

އަދި މިހާރު ބޯޓް ވަނީ ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް ވައްދާފައެވެ.



ކިޔުންތެރިންގެ ހިޔާލު