ސްރީލަންކާގައި މިހާރު ކުރިއަށްދާ '"ސައުތު އޭޝިއާ ސުޕަރ ކަޕް 2025" ގައި ބައިވެރިވާ ދިވެހިރާއްޖޭގެ ޤައުމީ ޓީމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޯނުން ގުޅުއްވާ މަރުޙަބާ ވިދާޅުވެ ހިތްވަރުދެއްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ޤައުމީ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) އަށް ރައީސް މިއަދު ހެނދުނު ފޯނުން ގުޅުއްވާފައިވާ ކަމަށެވެ. އަދި މި މުބާރާތުގައި އިއްޔެ ކުޅުނު މެޗުން ޤައުމީ ޓީމް ހޯދި ކާމިޔާބީއަށް ރައީސް މަރުހަބާ ދަންނަވާފައިވާ ކަމަށް ރައީސް އޮފީހުން ހާމަކުރިއެވެ.
އަދި ކުރިއަށް އޮތް މެޗްތަކުގައި ކާމިޔާބީ ހޯދުމަށް ހިތްވަރާއިއެކު މަސައްކަތް ކުރެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން، ފުޓްބޯޅައިގައި ދިވެހި ޤައުމަށް ރަންވަނަތަކެއް ހޯދައިދިނުމަށް ޤައުމީ ޖޯޝާއި އެކު މަސައްކަތް ކުރެއްވުމަށްވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
މިކަމާ ގުޅިގެން ޤައުމީ ޓީމުގެ ކޯޗް ވިދާޅުވީ ރައީސް ޓީމަށް ގުޅުއްވާ މަރުހަބާ ވިދާޅުވުމަކީ ޤައުމީ ޓީމަށް ލިބުނު އިތުރު އުފަލަކާ ހިތްވަރެއް ކަމަށެވެ.
އަދި ރައީސް އެދިވަޑައިގެންނެވިގޮތަށް ދިވެހި ފުޓްބޯޅައަށާއި ރައްޔިތުންނަށްޓަކައި ފުޓްބޯޅައަށް ރީތިނަން ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެކަމަށާއި، ކުރިއަށް އޮތް މެޗްގައި އިތުރަށް ހިތްވަރުކޮށް، ޓީމްގެ އުއްމީދަކީ ތަށި ކާމިޔާބުކުރުން ކަމަށް ކޯޗު ވިދާޅުވިއެވެ.
ކުރިން ދިވެހިރާއްޖޭގައި އޮންނަ ފުޓްބޯޅައިގެ ފޯރި އަލުން ގެނެސް، ފުޓްބޯޅަ ކުރިއަރުވާ ތަރައްޤީކޮށް އަލާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު