ރަތްކަނޑުގައި އޮތް ކޭބަލެއް ބުރިވެ މައިކްރޯސޮފްޓް ހިދުމަތަށް ބުރޫ އަރައިފިއެވެ.
މައިކްރޯސޮފްޓުން ބުނީ އެކުންފުނީގެ ހިދުމަތްތަކުގެ ތެރެއިން މައިކްރޯސޮފްޓް އަޒޫރެ ކްލައިޑޫގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
އަދި ހިދުމަތް ލިބުމުގައި ދަތިތަކެއް އުޅޭނީ މެދުއިރުމަތީ ސަރަހައްދުތަކަށް ކަމަށާއި ހިދުމަތް ލިބުމުގައި ބޮޑުތަނުން ލަސްތަކެއް ވެދާނެ ކަމަށް މައިކްރޮސޮފްޓުން ވަނީ ފާހަގަކޮށްފައެވެ.
ކަނޑު އަޑިން އަޅާފައިވާ ކޭބަލްތަކަށް ލިބުނު ގެއްލުންތަކުގެ ތަފްސީލު މައިކްރޯސޮޕްޓުން ހާމަކޮށްފައެެއް ނުވެއެވެ. އެކުންފުނިން ވަނީ ހިދުމަތް ދިނުމަށް މިހާރު އެހެން ރޫޓުތަކެއް ބޭނުން ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
ރިޕޯޓުތަކުން ބުނާގޮތުން ހިދުމަތަށް ބުރޫ އަރާފައިވަނީ ޕާކިސްތާނާ ގުޅޭ ސަރަހައްދުގެ ކޭބަލަކަށެވެ. އެގޮތުން ކޭބަލް ބުރިވުމުގެ ސަބަބުން ޕާކިސްތާނާއި އިންޑިއާއަށްވެސް އިންޓަނެޓް ހިދުމަތް ލިބުމުގައި ދަތިތަކެއް ހުރިކަމަށް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު