އއ. އަތޮޅު މާފަރު ފަޅަކީ، އެ އަތޮޅު ފެރިދޫގެ ބައެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.
ފެރިދޫގެ ތަރައްގީގެ މުސްތަގުބަލަށްޓަކައި، ރަށަށް އާމްދަނީ ހޯދޭނޭ ފުރިހަމަ ވަސީލަތެއްގެ ގޮތުން، މާފަރު ފަޅަކީ އެ ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަކީ ރައީސްގެ ވައުދުފުޅެކެވެ.
މާފަރު ފަޅަކީ، ފެރިދޫގެ ބައެއްގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސްއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
އެ ނިންމެވުމާއެކު ރައީސް މިއަދު ނެރުއްވި، ގަރާރުން ވަނީ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގަރާރު އިސްލާހުކުރައްވައި، އެ ގަރާރުގެ ޖަދުވަލުގައި ހިމަނާފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް، ފެރިދޫގެ ބައެއްގެ ގޮތުގައި މާފަރު ފަޅު އިތުރުކޮށްފައެވެ.
މާފަރު ފަޅުގައި ޕިކްނިކް އައިލެންޑެއް ގާއިމުކޮށްދިނުމުގެ ގޮތުން، އެ މަސައްކަތް މިދިޔަ މަހުގެ 19 ވަނަ ދުވަހު ވަނީ ކުންފުންޏަކާ ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު