އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު
އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު
ރާއްޖެއަށް ބޭސް އެެތެރެކުރުމަށް ސަރުކާރުން ކުންފުންޏެއް ހަދާފައިވަނީ ބަލިމީހާގެ ބޭސްކޮތަޅުން ވައްކަން ކުރަން ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިހެން ވިދާޅުވެފައި މިވަނީ "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ރާއްޖެއަށް ބޭސް އެތެރެ ކުރަން ހާއްސަ ކުންފުންޏެއް ސަރުކާރުން އުފެއްދުމާ ގުޅިގެންނެވެ.

ރައީސް އޮފީހުން ބުނީ މިއީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމުގެ މަގުސަދުގައި އުފައްދަވައިފައިވާ ކުންފުންޏެއް ކަމަށެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓުގައި އަމްރު ވިދާޅުވީ ވައްކަން ކުރަމުން ކުރަމުން ކުރަމުން ގޮސް ބަލި މީހާގެ ބޭސް ކޮތަޅުންވެސް ސަރުކާރުން އެންމެ ފަހުން ވައްކަން ކުރަން ފަށަނީ ކަމަށެވެ.

ކުންފުންޏެއް ހަދަންޖެހޭ އެއްވެސް އެހެން ސަބަބެއް ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު