ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާޙިމް (ކުޑޫ)
ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާޙިމް (ކުޑޫ)
ސަރުކާރުން ވިޔަފާރިތަކުގެ ތެރެއަށް ވަނުމަކީ އެކަންތައް ކުރަމުން އަންނަ އެތައް ބައެއްގެ މަސައްކަތްތައް ފުނޑުފުނޑުކޮށްލަން ހިންގާ ޖަރީމާއެއް ކަމަށް ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާޙިމް (ކުޑޫ) ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިއަދު ވަނީ "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ރާއްޖެއަށް ބޭސް އެތެރެ ކުރަން ހާއްސަ ކުންފުންޏެއް އުފައްދާފައެވެ.

މި ކުންފުނި އުފެދުމާއެކު ބޭސް އެތެރެކުރުމުގެ މަސައްކަތް ކުރަމުން އަންނަ ސަރުކާރުގެ ކުންފުނި، އެސްޓީއޯ އިން ކުރަމުން އަންނަ ހުރިހާ މަސައްކަތެއް އެ ކުންފުނީގެ ދަށަށް ބަދަލުވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މިކަމަށް އިޝާރާތް ކުރައްވައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ކުޑޫ ވިދާޅުވީ ކަމެއް ނުކުރެވުމުން ސީދާ ސަރުކާރުން އެވިޔާފާރީގެ ތެރެއަށް ވަނުމަކީ އެކަން ކުރަމުން އައި އެތައް ބަޔެއްގެ މަސައްކަތް ފުނޑުފުނޑުކޮށްލަން ރޭވިގެން ހިންގާ ޖަރީމާއެއް ކަމަށެވެ.

ކުޑޫ ވިދާޅުވީ މިއީ ސަރުކާރު ކުންފުނިތަކުން ކެނޑިނޭޅި ހިންގަމުންދާ ކޮރަޕްޝަނަށް އިތުރު ކުރެވޭ ބޮޅެއް ކަމުގައެވެ.

ސަރުކާރުން މިހާރު ބޭސް ގެނައުމަށް ވަކި ކުންފުންޏެއް އުފައްދާފައިވާއިރު، ސަރުކާރުން ވަނީ މިއަހަރުތެރޭ އީވީ ޓެކްސީ ލައިނެއްވެސް އުފައްދާފައެވެ.



ކިޔުންތެރިންގެ ހިޔާލު