އަންނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓުން ޖުޑިޝަރީ އަށް ބްލޮކް ގްރާންޓް ހަމަޖައްސަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމެވި ނިިންމެވުމަކީ ޝަރުޢީ ދާއިރާއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.
އަންނަ އަހަރުގެ ބަޖެޓުން ފެށިގެން، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޖުޑީޝަރީއަށް ކަނޑައެޅުއްވުމަށް ނިންމަވާފައިވާކަން ރައީސް ޑޮކްޓަރ މުޢިއްޒު މިއަދު ވަނީ އިއުލާންކުރަށްވާފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޖުޑިޝަރީއަށް ކަނޑައަޅައި، އެ ފައިސާ ވަކި އުސޫލެއްގެ ދަށުން ބޮލޮކް ގްރާންޓުގެ ގޮތުގައި ދޫކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓޭޝަން (ޑީޖޭއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ދައުލަތުގެ ބަޖެޓުން ޖުޑިޝަރީ އަށް ބްލޮކް ގްރާންޓް ހަމަޖައްސަން ރައީސް މުޢިއްޒު ނިންމެވި ނިންމެވުމަށް މަރުހަބާ ކިޔައި އެމަނިކުފާނަށް ޝުކުރު އަދާކުރާ ކޮަށްފައެވެ. ރައީސްގެ މި ނިންމެވުމަކީ ޝަރުއީ ދާއިރާގެ ކުރިމަގަށް ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ޑީޖޭއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. މީގެ ސަބަބުން އަވަސްކަމާއި ހަލުވިކަމާ އެކު އަދުލު އިންސާފު ފޯރުކޮށް ދިނުމަށްޓަކައި ޝަރުއީ ކޯޓްތަކަށް އިދާރީ ގޮތުން މިހާރު ދިމާވާ ގޮންޖެހުންތަކަށް ބޮޑު ލުއެއް ލިބިގެން ދާނެ ކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ މިއީ ޖުޑިޝަރީއަށް ފުރިހަމަ މާލީ މިނިވަންކަން ދިނުމަށްޓަކައި އެކުލަވާލެވޭ ނިޒާމެއްކަމަށެވެ. އަދި މި ނިޒާމުގެ ދަށުން، ޖުޑިޝަރީއަށް ލިބޭ ފައިސާ ޚަރަދުކުރުމުގެ ފުރިހަމަ އިޚްތިޔާރު، ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބަޖެޓުން ކަނޑައެޅޭ މި އިންސައްތައަކީ މިހާތަނަށް ޖުޑިޝަރީއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންގތަކަށްވުރެ ބޮޑު ޢަދަދެއް ލިބިގެންދާނޭ އިންސައްތައެއް ކަމަށް ކަނޑައެޅުމަށް ނިންމަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރަށް ދައުލަތުން ފާސްކުރާ ބަޖެޓުން ފެށިގެން، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޖުޑިޝަރީއަށް ކަނޑައެޅުމަށްޓަކާ ޤާނޫނީގޮތުންނާއި، ފަންނީ ގޮތުންނާއި، ނިޒާމީގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު