ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު އއ. ބޮޑުފުޅަދޫއަށް ވަޑައިގަތުމުން އެރަށު ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
މިއީ ބޮޑުފުޅަދޫގެ އެމްޑީޕީ މެމްބަރުންގެ ދައުވަތަކަށް ރައީސް ޞާލިހް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސް ސޯލިހްގެ އަރިހުގައި އެމްޑީޕީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސް ސޯލިހު، ބޮޑުފުޅަދޫގެ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައި ކުރިއަށްހުރި ޕާޓީގެ ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.
އަދި ބޮޑުފުޅަދޫގެ އިސްރައްވެހިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ރައީސް ސޯލިހުގެ މި ދަތުރުފުޅުގަިއ ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުފައި ބޮޑުފުޅަދޫ ކައުންސިލްގެ ފަރާތުން ރައީސް ޞާލިހުގެ ވެރިކަމުގައި ބޮޑުފުޅަދޫއަށް ގެނެސްދީފައިވާ ތަރައްގީގެ އަގު ވަޒަންކުރުމުގެ ގޮތުން ޚާއްސާ އެވޯޑެއް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު