އީގަލްހިލްސްގެ ވެރިޔާ އަލައްބާރަށް ފުރައްސާރަ ކުރުމަކީ ރާއްޖޭގައި ހުރި ޔޫއޭއީގެ އިންވެސްޓްމަންޓްތައް ހުއްޓިދާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ނަޝީދު ރޭ ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ އީގަލް ހިލްސްގެ މަޝްރޫއުއާ ގުޅިގެން އެމްޑީޕީގެ ރަސްމީ ސިޔާސަތު ހާމަކޮށް މީގެކުރިން ބަޔާނެއް ނެރެފައިވާނެ ކަމަށެވެ. އަދި ޕާޓީގެ ރަސްމީ ސިޔާސަތާ ދެކޮޅަށް އެމްޑީޕީގެ އިސް މެމްބަރުން ވާހަކަ ނުދެއްކެވުމަށް ރައީސް ނަޝީދު ވަނީ މެންބަރުންގެ އަރިހުން އެދިފައެވެ.
ހަމައެއާއެކު ރައީސް ނަޝީދު ވިދާޅުވީ އެ މަޝްރޫއުއާ ގުޅިގެން އަލައްބާރަށް ފުރައްސާރަ ކުރުމަކީ ރާއްޖޭގައި މިހާރު ހުރި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އިންވެސްޓްމަންޓްތަކަށް ވެސް ހުއްޓުން އަތުވެދާނެ ކަމެއް ކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ސަރުކާރަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ އީގަލް ހިލްސް އެއްބަސްވުން ވީހާވެސް އަވަހަކަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން ކަމަށް ރައީސް ނަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަދި މިހާރުގެ ސަރުކާރުގެ އަޣުލަބިއްޔަތު އޮތް މަޖިލީހުގެ ތެރެއިން، މި މަޝްރޫޢަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ފާސްކުރުމަކީ އެންމެ އެދެވިގެންވާ ގޮތް ކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އަދި ބަންޑާރަނައިބު އަހުމަދު އުޝާމް ވެސް ވަނީ، ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ކުރިން އެ މަޝްރޫއާ ގުޅުންހުރި ބައެއް ގާނޫނުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު