ރަސްމާލޭގެ ގާތްގަނޑަކަށް 1000 ހެކްޓަރުގެ ބިމުގެ ތެރެއިން 500 ހެކްޓަރުގައި ޔޫއޭއީގެ ކުންފުނި އީގަލް ހިލްސްއަށް "މޯލްޑިވްސް ވޯޓަރ ފްރޮންޓް އެންޑް މެރީނާ" އަޅަން ބިން ދިނުމަށް ފަހު ބާކީ އޮންނަ ބިމުގައި ބިމުގައި އިންވެސްޓްކުރަން އެކި ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެެއެވެ.
ރައީސް އޮފީހުގެ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ހުޅުމާލެ ފޭސް 1 އަދި 2 ގައި ވެސް އަދިވެސް ފުރިހަމައަށް ވަސީލަތްތައް ގާއިމުނުކުރެވޭ ކަމަށާއި ނަމަވެސް ރަސްމާލެއަށް އީގަލް ހިލްސްއިން އެހާ ބޮޑު އިންވެސްޓްމަންޓްއެއް އައުމުން ރަސްމާލޭގެ ބާކީ އޮންނަ ބަޔަށް ވެސް އިންވެސްޓްކުރާނެ ފަރާތްތައް ވާނެ ކަމަށެވެ.
"މިހާރުވެސް އަޅުގަނޑުމެންނަށް އެތައް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި އޮތީ އިންވެސްޓްކުރަން. އެހެންވީމާ މަގުތަކާއި ފެނާއި ނަރުދަމާއާއި ކަރަންޓާއި މިކަންކަމަކީ ދާދި ފަސޭހައިން ފައިސާއާއެކު އިންވެސްޓްމަންޓްތައް ހަމަ ޖެހިގެންދާނެ ކަންކަން" ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ނިންމާފައިވަނީ ރަސްމާލޭގެ ބާކީ ބައިގައި ދިވެހީންނަށް ހައުސިން ސްކީމް ހިންގުމަށެވެ. ރައީސް ވިދާޅުވީ އެތަނުގައި ހުޅުމާލެއަށް ވުރެ އަވަހަށް އާބާދުކުރެވި މަތީ ފެންވަރުގައި ދިރިއުޅެވެން ފަށާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު