ރ. މާކުރަތު ބަނދަރު ބޮޑުކުރުމާއި ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ޖެޓީގެ ކޮންކްރީޓް ކޮލަމްތައް އެޅުމުގެ މުހިންމު މަސައްކަތްތައް މިހާރު ސައިޓުގައި ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރަމުން އެމްޓީސީސީން ބުނީ، ޖެޓީ ކޮލަމްތަކުގެ މަސައްކަތުގެ އިތުރުން މިހާރު ސައިޓުގައި ކުރިއަށްދަނީ ބަނދަރުގެ ހިލަ ޕްރޮފައިލް ކުރުމާއި ބޭރުތޮށީގެ ޕްރޮފައިލިންގ މަސައްކަތްތަކެވެ. އަދި ބަނދަރުގެ ބޮޑުބައެއް މިހާރު ނިމިފައިވާއިރު، އައު ބަނދަރު ފުންކުރުމުގެ މައިގަނޑު މަސައްކަތްތަކާއި ޕޭވްމަންޓް އެޅުމުގެ ބައެއް މަސައްކަތްތައް ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ.
މާކުރަތުގެ ފަޅުގެ ޖާގައިގެ ދަތިކަން ޙައްލުކޮށް، އޮޑިދޯނިފަހަރަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ޙަވާލުކޮށްގެން ހިންގާ 26.67 މިލިއަން ދިވެހި ރުފިޔާގެ މަޝްރޫޢެކެވެ. މެއި 20، 2022 ގައި ސައިޓް މޮބިލައިޒްކޮށްގެން ޢަމަލީ މަސައްކަތް ފެށި މި މަޝްރޫޢުގެ ދަށުން 45,024 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ބަނދަރު ފުންކުރުމާއި، ކުރިން އޮތް ބަނދަރުގެ ސަރަޙައްދު އަލުން ފުންކުރުން ހިމެނެއެވެ.
މީގެ އިތުރުން 140 މީޓަރުގެ ދިގުމިނުގެ ބޭރުތޮށްޓެއް ޤާއިމުކުރުމާއި، 129 މީޓަރުގެ އެއްގަމުތޮށްޓެއް ލުމާއި، 85 މީޓަރުގެ ރިވެޓްމެންޓް އަދި 28 މީޓަރުގެ ގްރޮއިން ޖެހުން މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ. ހަމައެއާއެކު 641 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، 26 މޫރިންގ ރިންގާއި 5 މޫރިންގ ބޮއި ހަރުކުރުމުގެ އިތުރުން 9 މަގުބައްތި ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.
މި މުހިންމު މަޝްރޫޢުގެ މަސައްކަތްތައް އެއްކޮށް ނިމުމުން، މާކުރަތު ރައްޔިތުންނަށް ޒަމާނުއްސުރެ ކުރިމަތިވެފައިވާ ލަފާފުރުމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު