މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ހައްލު ހޯދޭނީ ސިއްހީ ނަޒަރަކުން ވާހަކަދައްކައި، ފަރުވާގެ ނިޒާމު ހަރުދަނާކޮށްގެން ކަމަށާއި، މި މައްސަލައިގައި މިހާރުގެ ސަރުކާރުން ގެންގުޅޭ ވިސްނުން އެއްކޮށް ބަދަލުކުރަން ޖެހޭ ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީގެ ޕަބްލިކް ޕްރޮޓެކްޝަން ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކޮމިޓީގެ ނައިބު މުގައްރިރު ޝަމާއު ޝަރީފް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައިގައި ގަވައިދުތަކާއި އުސޫލުތައް އެކުލަވައިލާ ފަރާތަކީ ވަޒީރު ކަމުގައި ވާނަމަ އޭގެ ސަބަބުން ގިނަ މައްސަލަތަކެއް ފެންމަތިވާނެ ކަމަށެވެ.
ޝަމާއު ވިދާޅުވީ، މި ސަރުކާރުން މި މައްސަލަ ހައްލުކުރުމަށް ގެންގުޅެނީ ޗައިނާ އަދި ފިލިޕީންސްގައި ގެންގުޅުނު ފަދަ ހަރުކަށިވެގެން ކަންކަން ހައްލުކުރުމުގެ ވިސްނުމެއް ކަމަށެވެ. ނަމަވެސް، ފިލިޕީންސްގައި މި މައްސަލަ ހައްލުކުރުމަށް ހާހުން މީހުން މެރި ނަމަވެސް އެދެވޭ ހައްލެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މި މައްސަލަ ކާމިޔާބުކަމާއެކު ހައްލުކުރަނީ ސިއްހީ ނަޒަރަކުން ބަލައި، އަޅާލުމާއި އޯގާތެރިކަމުގެ އަތެއް ދިއްކޮށްލައިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި މިކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރަށްވަމުން ޝަމާއު ވިދާޅުވީ ހުރިހާ އިދާރާތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ސެންޓްރަލް ކޮލަބޮރޭޝަން ޕްލޭން އާއި، ފެސިލިޓީތައް ހިންގަންޖެހޭ ގޮތުގެ މެޕިން އާއި، އެންޑީއޭއާއި މުޅި ނިޒާމު ހިންގަން ޖެހޭ ގޮތުގެ އެސްއޯޕީތަކާއި، ޕްރޮސީޖަރ މެނުއަލް ހާދާފައިވާ ކަމަށެވެ.
"ޑޮކްޓަރުން އަމަލު ކުރަން ޖެހޭ ގޮތުގެ ޕްލޭންތައް ވެސް އޮންނާނެ. އެސްއޯޕީތަކާއި. އެހެންވީމަ މިހުރިހާ ކަމެއް އޮއްވާ މި އެއްވެސް އެއްޗަކަށް ނުބަލާ ވަޒީރު އައިސް މަގުމެދުގައި ދެފައި ވަށްކޮށްފައި އިށީންދެފައި ގަވާއިދު ބަދަލުކުރަންވީމަ ދާނީ ގޯސްކޮށް." އެހެންކަމުން، ކުރިން ހަދާފައިވާ ޕްލޭންތަކާއި އެއްގޮތަށް އަމަލުކުރުމަށް ޝަމާއު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޕަބްލިކް ޕްރޮޓެކްޝަން ކޮމިޓީގެ މުގައްރިރު މުހައްމަދު ސޮބްރީ ވިދާޅުވީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބަލަހައްޓަން ޖެހޭ މައިގަނޑު ފަރާތަކީ ނެޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް ކަމަށެވެ. ނަމަވެސް އެ ކައުންސިލް މިހާރު މަސައްކަތް ނުކުރާ ކަމަށާއި، ބައްދަލުވުންތައް ނުބާއްވައި، ނިންމަންޖެހޭ މުހިންމު ނިންމުންތައް ނުނިންމުމުގެ ސަބަބުން ކަންކަން ތަންފީޒުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ސޮބްރީ ވަނީ، މިހާރު "ކޯމާއެއްގައި" އޮތް ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)އަށް އަވަސް ފަރުވާއެއް ހޯދައިދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު