މިދާ ރޭޓުން ދާނަމަ މި ފަސް އަހަރު ދުވަހުގެ ތެރޭގައި އެކަނި އިތުރު 100 ބިލިއަން ރުފިޔާގެ ދަރަނި އުފެދޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.
އއ. ބޮޑުފުޅަދޫގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް ވިދާޅުވީ، މި ސަރުކާރުގެ ހަރަދުތައް މިހާރު ދެމިގެންދާ ރޭޓަށް ބަލާއިރު، މި ފަސް އަހަރު ދުވަހުގެ ތެރޭގައި އިތުރު 100 ބިލިއަން ރުފިޔާގެ ދަރަނި ދައުލަތުގެ ބޮލުގައި އަޅުވާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ.
ރައީސް ސާލިޙް ވިދާޅުވީ މި ސަރުކާރަށް ވެރިކަން ލިބުނު ފަހުން މިހާތަނަށް 30 ބިލިއަން ރުފިޔާ ދަރަނި ނަގާފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މިހާރު މިކަން ދާ ރޭޓުން ދެމިގެންދާނަމަ، ދަރަނީގެ ބާރުބޮޑުވެ، އެއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
ފިނޭންސް މިނިސްޓްރީގެ މާލީ ރިޕޯޓުތަކަށް އަލިއަޅުވާލައްވަމުން ރައީސް ސާލިޙް ވިދާޅުވީ، މިއަދާ ހަމައަށް ދައުލަތުގެ ދަރަނި 148 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރު ނިމި، ވެރިކަމުން ފައިބައިވަޑައިގެންނެވިއިރު ދައުލަތުގެ ދަރަނި ހުރީ ގާތްގަނޑަކަށް 126 ބިލިއަން ރުފިޔާގައި ކަމަށާއި، އޭގެ ތެރޭގައި 110 ބިލިއަން ރުފިޔާއަކީ ގަރަންޓީއާ ނުލައި ދައްކަންޖެހޭ ދަރަނި ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.
ރައީސް ސާލިޙް އިތުރަށް ވިދާޅުވީ، މިހާރުގެ ބަޖެޓު މިދާ ރޭޓުން މި އަހަރު އެއްކޮށް ހޭދަކޮށްފިނަމަ، ދައުލަތުގެ ދަރަނި 160 ބިލިއަން ރުފިޔާއަށް އަރާނެކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ. މި ގޮތަށް ދަރަނި އިތުރުވަމުން ދިޔުމަކީ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނެތް ކަމެއް ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުން މިހާރު ޚަރަދުކުރަމުންދާ ފައިސާއިން ރައްޔިތުންނަށް ލިބޭނެ އެއްވެސް ފައިދާއެއް ނެތް ކަމަށާއި، މި ކަންކަން މިގޮތަށް ދާން ދޫކޮށްލައިގެން ނުވާނެ ކަމަށެވެ.
ރައީސް ޞާލިހު ގެ ވެރިކަން ނިންމާލީ 120 ބިލިއަން ރުފިޔާގެ ދަރަނި ދޫކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު