ޤައުމީ ތަރިކަ ކުރިއަށް އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަކީ ޤައުމުގެ ދެމިއޮތުމަށްޓަކައި އަދާކުރުން ލާޒިމު ވާޖިބެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޤައުމީ ތަރިކައިގެ ދުވަހާ ގުޅުވައިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އިސްލާމްދީނާއި، ދިވެހި ބަހާއި، ދިވެހިވަންތަ ރީތި އާދަކާދަތަކާއި، ދިވެހި މަސައްކަތްތެރިކަމާއި، އާސާރީ ތަންތަނާއި ތަކެތި އަދި، ދިވެހިންގެ މާޒީގެ ފަޚުރުވެރި ތާރީޚަކީ ދިވެހި ޤައުމީ ތަރިކައިގެ އެންމެ އަގުހުރި ޚަޒާނާތައް ކަމަށެވެ. މި ހުރިހާ ތަކެއްޗާއި ކަންކަން އަންނާން އޮތް ޖީލުތަކަށް ވާރުތަކޮށް ދިނުމަކީ ޤައުމީ އަމާނާތެއް ކަމަށް ރައީސް ވިދާޅުވިއެވެ.އެމަނިކުފާނު ވިދާޅުވީ ތަރިކައިގެ އަގުހުރި ޚަޒާނާތައް ކުރިއަށް އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަކީ ދިވެހި ޤައުމުގެ ދެމިއޮތުމަށްޓަކައި އަދާކުރުން ލާޒިމު ވާޖިބެއް ކަމަށެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު ތަރިކަ ހިމާޔަތްކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
އެގޮތުން ދިވެހިންގެ އަސްލާއި ނަސްލު އަދި ތާރީޚާ ގުޅުންހުރި އެކިއެކި ކަންކަން ދިރާސާކޮށް، މަޢުލޫމާތު އެއްކުރުމަށްޓަކައި، ތަރިކައިގެ ޚާއްސަ ދާއިރާއެއް އުފެއްދުމުގެ މަޤްޞަދުގައި ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒެއް ޤާއިމުކުރެވިފައިވެއެވެ. މީގެ އިތުރުން، ތަރިކައިގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރުމަށް ސަރުކާރުން ވަނީ ފުރުޞަތުތަކެއް ހުޅުވާލާފައެވެ.ތަރިކަ ޙިމާޔަތްކޮށް ބެލެހެއްޓުމުގެ އިތުރުން، އެއަށް ޙައްޤު އިޙްތިރާމާއި ޢިއްޒަތް ދިނުމާއެކު، ތަރިކަ ބެލެހެއްޓުމުގެ މަސައްކަތަށް ދެމެހެއްޓެނިވި ގޮތެއްގައި ފަންޑު ހޯދޭނެ މަގުތަކެއް ތަނަވަސްކުރުމަށް ސަރުކާރުން ތަފްޞީލީ ޕްލޭންތަކެއް އެކުލަވާލުމުގެ މަސައްކަތް ވެސް ވަނީ ފެށިފައެވެ.
ތަރިކަ ރައްކާތެރިކުރުމުގެ މަސައްކަތުގެ ތެރެއިން، ތިލަދުންމަތީ އުތުރުބުރީގައި ހުރި ތަރިކަތައް ޙިމާޔަތްކޮށް، އެ ތަރިކަތަކުން އާމްދަނީ ހޯދުމަށް އަމާޒުކޮށްގެން ޚާއްޞަ މަޝްރޫޢެއް ފަށައިފައިވާއިރު ތަރިކައާ ގުޅޭ ދިރާސާތައް ކުރިއަރުވައި، އެކަމާ ގުޅުންހުރި ޢިލްމުތައް ފުޅާކުރުމުގެ މަޤްޞަދުގައި "ދިވެހި ޤައުމިއްޔަތުގެ އިސްވަރު" ގެ ނަމުގައި ޚާއްޞަ ކޮލެޖެއް ސަރުކާރުން ވަނީ އުފައްދާފައެވެ.

ކިޔުންތެރިންގެ ހިޔާލު