މީޑިޔާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް ފާސްވުމަކީ ދިވެހި ނޫސްވެރިކަން 15 އަހަރު ފަހަތަށް ގެންދާނެ ކަމެއް ނޫން ކަމަށާއި، މި އިޞްލާޙުތަކާއެކީ ނޫސްވެރިކަން ކުރިއަށް ވުރެ ބޮޑަށް ކުރިއަރައިގެންދާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާގައި ރޭ ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ މި ބިލު ފާސްވެ، ނޫސްވެރިކަން ރެގިއުލޭޓް ކުރެވޭ ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރަން ފެށުމުން، ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރެވިގެންދާނެ ކަމަށެވެ. އަދި މިހާރު ރާއްޖޭގައި ކުރާ ނޫސްވެރިކަމަކީ ޙަޤީޤަތުގައި ވެސް ޒިންމާދާރުކަމާއެކު ކުރެވޭ ނޫސްވެރިކަމެއްތޯ ބަންޑާރަ ނައިބު ސުވާލު އުފެއްދެވިއެވެ.
ބަންޑާރަ ނައިބު ވިދާޅުވީ ރާއްޖޭގައި ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރާކަމަށް ގިނަ ރައްޔިތުން ގަބޫލުނުކުރާ ކަމަށާއި، އެކަން ޝޯޝަލް މީޑިޔާގެ ޕޯސްޓުތަކަށް ބަލާލުމުން ހާމަވާ ކަމަށެވެ.
"ހިތުހުރި ވާހަކައެއް ލިޔެގެން، ދޮގު ޚަބަރުތައް ލިޔެގެން، އަދި ދޮގު މައުލޫމާތުތައް ޕްރޮމޯޓުކޮށްގެން އެހެން އުޅުމަކީ އެެއީ ޒިންމާދާރު ނޫސްވެރިކަމެއް ނޫން. އެ ނޫސްވެރިކަމަށް ކުރިއަށް އޮތް ތަނުގައި ޖާގަ ނުލިބިދާނެ،" އުޝާމް ވިދާޅުވިއެވެ.
އޭޖީ އުޝާމް އިތުރަށް ވިދާޅުވީ ޒިންމާދާރުކަމާއެކު ތެދު ޚަބަރު ފަތުރައި ރަނގަޅަށް ނޫސްވެރިކަން ކުރާ ފަރާތްތަކަށް ހަމަ ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. ބަންޑާރަ ނައިބު އިތުރަށް ވިދާޅުވީ، މި އިޞްލާޙުތައް ހުށަހެޅުމުން ވެސް މިއަދު ސޯޝަލް މީޑިއާގައި ވަރަށް ގިނަ ޕޯސްޓުތައް ހުރި ކަމަށާއި، މި ބިލުގެ ސަބަބުން ރައްޔިތުންގެ ޙައްޤުތަކެއް ހިފެހެއްޓި، ރައްޔިތުންގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުއްޓުންތަކެއް އަންނަ ކަމަށް ބަޔާންކޮށް އެކިއެކި ފަރާތްތަކުން ވާހަކަ ދައްކާކަމަށެވެ. އެހެންކަމުން އުޝާމް ވަނީ، މި ބިލާ މެދު ކަންބޮޑުވުން ފާޅުކުރައްވާ ހުރިހާ ބޭފުޅުން ވެސް އަދި މި ބިލުގެ ތެދު ޙަޤީޤަތް ބައްލަވަން ބޭނުންފުޅުވާ ހުރިހާ ބޭފުޅުން ވެސް މި ބިލު ކިޔާލައްވައި، އަދި ހުށަހެޅިފައިވާ އިޞްލާޙުތައް ވެސް ރަނގަޅަށް ބައްލަވައިލައްވަން އިލްތިމާސްކުރައްވާފައެވެ. އޭނާ ވިދާޅުވީ މި ބިލަކީ މީޑިއާތަކާއި މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތައް ރެގިއުލޭޓްކުރާ ބިލެއް ކަމަށެވެ.
"މި ބިލު އަޅުގަނޑުގެ މައްޗަކަށް އެޕްލައިއެއް ނުވާނެ. އަޅުގަނޑުގެ ސޯޝަލް މީޑިއާގެ އެއްޗެއް ލިޔުނަސް ވެސް މީގެ ދަށުން އަޅުގަނޑަކަށް ފިޔަވަޅެއް ވެސް އެޅޭނެ ކަމަކަށް ނުފެނޭ. އަޅުގަނޑު ކުރާ އެއްވެސް ކަމަކަށް ވެސް އެއްވެސް އިފެކްޓެއް އަންނާނެ ކަމަކަށް ވެސް ނުފެނޭ،" އޭޖީ ވިދާޅުވިއެވެ.
ބަންޑާރަ ނައިބު ވިދާޅުވި ގޮތުގައި، މި ބިލަކީ އާންމު ރައްޔިތުން ކުރާ ކަމަކަށް ނުވަތަ އާންމު ރައްޔިތުން ސޯޝަލް މީޑިއާގައި ލިޔާ އެއްޗަކަށް ފިޔަވަޅު އެޅޭނެ ގޮތަކަށް ނޫނީ އެކަން ރެގިއުލޭޓް ކުރާ ގޮތަކަށް އޮތް ބިލެއް ނޫނެވެ. މިއީ ބްރޯޑްކާސްޓަރުންނާއި ޖުމުލަކޮށް މީޑިއާ ރެގިއުލޭޓް ކުރަން ހުށަހަޅާފައިވާ ބިލެއްކަން އޭޖީ ފާހަގަކުރެއްވިއެވެ.
ބަންޑާރަ ނައިބު ވަނީ ބައެއް ނޫސްވެރިން މި ބިލާ ގުޅޭގޮތުން ހަޤީޤަތާ ޚިލާފު މައުލޫމާތު ފަތުރައި، ސޯޝަލް މީޑިއާގައި ކެމްޕެއިންތައް ކުރަމުންދާތީ އެކަމާ މެދު ކަންބޮޑުވުން ފާޅު ކުރަށްވާފައެވެ. ނޫސްވެރިންނަށް މި ބިލުގެ ހަޤީޤަތް ކަނޑައެޅިގެން އެނގޭއިރު ވެސް މިފަދަ ކަންކަން ކުރިއަށް ގެންދާކަމީ ދެރަ ކަމެއް ކަމަށް އުޝާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު