އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު
މީޑިއާ ބިލް އިސްލާހުވެގެން ދާއިރު ރައީސުން ހިންގާ ޖަރީމާތައް ފޮރުވަން ޓީވީ ޗެނަލް ނުހެދޭ ގޮތް ހަދަން ޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އެއްބާރުލުމާއެކު މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލުގެ ނަމުގައި މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. މި ބިލު ދިރާސާ ކުރުމުގެ މަސައްކަތް މިހާރު މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ކުރެވެމުންދާއިރު، މި ބިލާމެދު ކަންބޮޑުވުން ފާޅުކޮށް ބިލު ބޭރުކުރުމަށް ގޮވާލައި ނޫސްވެރިންނާއި އިދިކޮޅު ފަރާތްތަކުންވެސް ދަނީ އަޑުއުފުލަމުންނެވެ.

މި ބިލާ ގުޅޭ ގޮތުން ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވީ ބިލު ބޭރުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، ބިލަށް މިހާރު އިސްލާހުތަކެއް ހުށަހަޅާފައިވާނޭ ކަމަށެވެ. އަދި ބިލު ފާސްވެ، ނޫސްވެރިކަން ރެގިއުލޭޓް ކުރެވޭ ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރަން ފެށުމުން، ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރެވިގެންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީޑިއާ ބިލާ ގުޅޭ ގޮތުން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރީކޯ މޫސަ ވިދާޅުވީ މީޑިއާ ބިލު އިސްލާހުވެގެން ދާއިރު އަލަށް ފެށޭ ކޮންމެ ވެރިކަމެއްގަ "ޓީީވީޗެނަލަކަށް" ކެބިނެޓް ޕޯސްޓެއް ނުދެވޭނެ ގޮތަކަށް ހަމަޖެހެންޖެހޭނެ ކަމަށެވެ.

އަދި ވެރިކަން ކުރާ ކޮންމެ ރައީސަކަށް އެ ރައީސަކު ހިންގި ޖަރީމާއެއް ފޮރުވަން ޓީވީޗެނަލަކާ، ވައި އަޅުވާނެ ނޫހަކާ ނެހެދޭނެ ގޮތެއްވެސް ބިލުގައި އޮންނަން ޖެހޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު