ސުލްޙަވެރިގޮތުގައި ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމާ ގުޅޭ ޤަރާރުން ފަލަސްޠީން ރައްޔިތުންނަށް ސުލްހައާއި އިންސާފް ޤާއިމްކޮށްދިނުމަށް މުހިންމު ފިޔަވަޅެއް އެޅޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ހަދާފައިވާ "ނިއު ޔޯކް ޑެކްލަރޭޝަން" ގަރާރު އދ. އިން މިރޭ ފާސްކުރީ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އެގޮތުން އދ. ގެ މެންބަރު ޤައުމުތަކުގެ މެދުގައި ބޭއްވި ވޯޓުގައި، ޣައްޒާގެ ބާރުތައް ހަމާސްއިން ދޫކޮށްލައި، ފަލަސްތީނު އޮތޯރިޓީއަށް ހަތިޔާރު ހަވާލުކުރުމަށް ގޮވާލާ ޤަރާރަށް އދ. ގެ 193 މެންބަރު ޤައުމުގެ ތެރެއިން 142 ޤައުމަކުން ތާއީދުކޮށް ވޯޓު ދީފައިވެއެވެ. އެހެންނަމަވެސް، އިޒްރޭލާއި އެމެރިކާ ހިމެނޭ ގޮތަށް 10 ޤައުމަކުން ވަނީ މި ޤަރާރާ ދެކޮޅަށް ވޯޓު ދީފައެވެ. އެގަރާރާ އެއްކޮޅަށް ވޯޓް ދިން ގައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ. މީގެ އިތުރުން، 12 ޤައުމަކުން އދ. ގައި ނެގި ވޯޓުގައި ބައިވެރިއެއް ނުވެއެވެ.
ފަލަސްތީނުގެ މައްސަލަ ހައްލުކޮށް މިނިވަން ދައުލަތެއް ގާއިމްކޮށް، ތަންފީޒު ކުރުމާގުޅޭ ގަރާރު، "ނިއުޔޯކް ޑެކްލެރޭޝަން" ރާއްޖޭގެ ވޯޓާއެކު އދ. އިން މިރޭ ފާސްވުމާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެ ގަރާރަކީ ފަލަސްތީނުގެ މައްސަލަ ހައްލުކުރަން މުހިންމު ގަރާރެއް ކަމަށެވެ.
ރައީސް ވަނީ މިއީ ފަލަސްޠީން ރައްޔިތުންނަށް ސުލްހައާއި އިންސާފް ޤާއިމްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަން ފާހަގަކުރަށްވާފައެވެ. އެމަނިކުފާނު، ވިދާޅުވީ ދިވެހިރާއްޖެއިން ތާޢީދުކުރަނީ 1967 ވަނަ އަހަރުގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، އެއީ މިނިވަން، މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްޠީނުގެ ދައުލަތް ޤާއިމުކުރުމަށް ކަމަށެވެ.
އދ. އިން މިރޭ ފާސްކުރި ގަރާރުގައި، ފަލަސްތީނުގެ މައްސަލައަށް އިންސާފުވެރި ދެމެހެއްޓެނިވި ހައްލެއް ހޯދައިދީ ފަލަސްތީނުގައި މިނިވަން ކަމާއި އިގްތިސާދީ ގޮތުން ދެމެހެއްޓެނިވި އަދި ޑިމޮކްރެޓިކް ދައުލަތެއް ބިނާކުރުމަށް ގޮވާލައިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު