އެމްޑީޕީ އާއި ރައީސް ޔާމީން އުޅެނީ ރައީސް ޑރ. މުޢިއްޒު ގެނެސްދެއްވާ ތަރައްޤީ ޙަޖަމް ނުވެގެން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ފަލާޙް ވިދާޅުވީ، ރައީސް މުޢިއްޒުއަކީ މިޤައުމަށް ދުވަހަކުވެސް ނުލިބޭނެފަދަ ވެރިއެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ޒުވާނުންނާއި ރައްޔިތުންގެ މުޅި މުސްތަޤުބަލް އުޖާލާކޮށް ރައްކާތެރި ކޮށްދޭނެ ހެޔޮލަފާ ވެރިއެއް ކަމަށްވެސް ފަލާޙް ވިދާޅުވިއެވެ.
މިހާރު މަޖިލީހަށް ހުށައަޅާފައިވާ މީޑީއާ ބިލާމެދު އިދިކޮޅު ފަރާތްތަކުން ފަތުރަމުންދަނީ ދޮގުކަން ފާހަގަ ކުރަށްވަމުން ފަލާޙް ވިދާޅުވީ، އެމްޑީޕީ އަކީ ލެޕްޓޮޕަކާއި ފަޅުރަށަކުން މުޅި ޤައުމު ހިންގޭނެ ކަމަށްބުނެ ރައީސް މައުމޫނުގެ ވެރިކަން ދޮގާއި މަކަރާއި އޮޅުވާލުމުން ބަދަލުކުރި ބައެއް ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ޒަމާންތަކެއް މާޒީ ވިޔަސް ހަނދާން ކުރަންޖެހޭ ކަމެއް ކަމަށް ފަލާޙް ވިދާޅުވެފައިވެއެވެ.
“އެމްޑީޕީ އާއި ޔާމީނަށް އެބަފެނޭ ރައީސް މުޢިއްޒު މިޤައުމަށް ދުވަހަކުވެސް ކުރިން ވެރިއަކަށް ގެނެސް ދެވިފައިނުވާ ތަރައްޤީ އާއި ތަހްޒީބު ގެނެސްދީ މިޤަޢުމުގެ ރައްޔިތުން ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް އުފާފާގަތި ކަންމަތީގައި ދިރިއުޅޭތަން.” ފަލާހް ވިދާޅުވިއެވެ.
އަދި މިހާރު ޖަހަމުންދާ ސަކަރާތަކީ ރައީސް މުޢިއްޒުގެ ތަރައްޤީ ބަލަން ފަސޭހަ ނުވެގެން ކުރާކަމެއް ކަމަށްވެސް ފަލާޙް ވިދާޅުވެފައިވެއެވެ.
އޭގއިތުރުން މިއަދު އެމްޑީޕީގެ ސިޔާސީ ހަރަކާތް ބައްޓަންކޮށް ކުރިއަށްގެންދަން ޕްލޭންކޮށްފައި ވަނީ 2008 ގައި ރައީސް މައުމޫނުގެ ވެރިކަން ބަދަލުކުރި ހީލަތްތެރި މަގުން ކަމަށްވެސް ފަލާޙް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު