ބަންޑާރަ ނައިބުގެ އޮފީހުގެ އައު ގާނޫނާއެކު، ނުފޫޒުތަކުން އެއްކިބާވުމަށް ބާރުއަޅާ މިންވަރު އެތައް ގުނައެއް އިތުރުވެއްޖެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެޓާނީ ޖެނެރަލް (އޭޖީ) އަޙްމަދު އުޝާމް ވިދާޅުވީ، އެ އޮފީހުގެ މަސައްކަތް ހަރުދަނާކުރުމަށް އެންމެ މުހިންމު މަސައްކަތެއް ކުރެވުނީ މި އަހަރު ކަމަށާއި، އެއީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މެއި 29 ގައި ތަސްދީގުކުރެއްވި އެ އޮފީހުގެ ބިލާއެކު ކަމަށެވެ.
އޭޖީ އުޝާމް ފާހަގަކުރެއްވި ގޮތުގައި، މި ބިލަކީ 2009 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އައިސްފައިވާ ބިލެއް ކަމަށެވެ. އޭނާ ވިދާޅުވީ، ބަންޑާރަ ނައިބުގެ އޮފީހުގެ އައު ގާނޫނުގެ ސަބަބުން ބަންޑާރަ ނައިބުގެ މަސްއޫލިއްޔަތުތައް ވަކި އަތަކަށް ނުޖެހި، ނުފޫޒުތަކުން އެއްކިބާވެ، ހަމައެކަނި ގާނޫނު އަސާސީއަށާއި ގާނޫނަށް ތަބާވެގެން ހުރުމަށްޓަކައި ބާރުއަޅާ މިންވަރު އެތައް ގުނައެއް އިތުރުވެފައިވާ ކަމަށެވެ.
މި އައު ގާނޫނާއެކު، އޮފީހަށް އިންގިލާބީ ބަދަލުތަކެއް އައިސް، މުވައްޒަފުންނަށް ގިނަ ފައިދާތަކެއް ވާނެ ކަމާމެދު ޝައްކެއް ނުކުރައްވާކަމަށްވެސް އޭޖީ އުޝާމް ވިދާޅުވިއެވެ. އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ބަންޑާރަ ނައިބުގެ އޮފީހަކީ ހަމައެކަނި ގާނޫނީ މުއައްސަސާއެއް ނޫން ކަމަށެވެ. އެގޮތުން، އެއީ އިންސާފަށާއި ހަމަހަމަކަމާއި އަދުލާއި ގާނޫނުގެ ވެރިކަމަށް ރާއްޖޭން ދޭ އަހަންމިއްޔަތު ކަމުގެ ނިޝާނެއް ކަމަށް އޭޖީ ފާހަގަކުރެއްވިއެވެ.
ބަންޑާރަ ނައިބުގެ އޮފީހަށް 75 އަހަރު ފުރުނު މި ދަނޑިވަޅުގައި، އެ އޮފީހުގެ އުސޫލުތައް ދެމެހެއްޓުމަށާއި ރައްޔިތުންނަށް ތެދުވެރިކަމާ އެއްކޮށް ޚިދުމަތް ކުރުމުގައި ދެމިތިބުމަށް އޭޖީ އުޝާމް ވަނީ ހުރިހާ މުވައްޒަފުންނަށް އިލްތިމާސްކުރައްވައިފައެވެ.
ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ، ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި އެ އޮފީހުން ޝާއިޢުކުރި "އަލިމަސް ޔޫބީލް ހަނދާނީ ފޮތް" ނެރެދެއްވައި، ބަންޑާރަނައިބުގެ އޮފީހުގެ އައު ވެބްސައިޓް އިފްތިތާޙްކޮށްދެއްވައިފައެވެ.
ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، އެ އޮފީހުގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އަރުވާފައެވެ. ރައީސުލްޖުމްހޫރިއްޔާއަށް މި ހަނދާނީ ފިލާ އެރުވީ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްއެވެ.

ކިޔުންތެރިންގެ ހިޔާލު