ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް މީޑިއާ ބިލަކީ ސޯޝަލް މީޑިއާ ކޮންޓްރޯލް ކުރަން ސަރުކާރުން ހަދާ ކަލްކިއުލޭޓެޑް ސްޓްރެޓަޖީއެއް ކަމަށް ބުނެ މީޑިއާ ބިލާ ގުޅޭ ފޯރަމްގައި ވާހަކަ ދެއްކި ޒުވާނަކު ޝުޢޫރުފާޅުކޮށްފިއެވެ.
މީޑިއާ ބިލާ ގުޅޭ ގޮތުން އާންމުކޮށް ޚިޔާލު ހޯދުމަށް ނޫސްވެރިންގެ ޖަމިއްޔާ، އެމް.ޖޭ.އޭއިން ބޭއްވި ފޯރަމެއްގައި، މެލޭޝިއާއިން މަތީ ތަޢުލީމު ޙާޞިލުކުރައްވާފައިވާ އަދި މިފަހަކަށް އައިސް މިފަދަ ކަންކަމާ ގުޅޭ ގޮތުން މީސްމީޑިއާގައި ވަރަށް ބޮޑަށް ވަކާލާތުކުރައްވާ ކަން ފާހަގަކުރެވިފައިވާ ޒުވާނެއް ކަމަށްވާ އަލީ ރަޝްވާން މުޙައްމަދު، ވިދާޅުވީ މީޑިއާ ބިލަކީ ސޯޝަލް މީޑިއާ ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ހަދާފައިވާ ވަރަށް "ކަލްކިއުލޭޓެޑް ސްޓްރެޓަޖީއެއް" ކަމަށާއި މިއީ އިއްތިފާގުން އައި ކަމެއް ނޫން ކަމަށެވެ. އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި މި ފޯރަމުގައި، ރަޝްވާން ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.
"މިހާރު މި ބިލުން މި ތަޅު އެޅުވެނީ ޖާނަލިސްޓުންގެ އަނގައިގައި އެކަންޏެއް ނޫން. އަޅުގަނޑުގެ އަނގައިގައި ވެސް ތަޅުއެޅުވޭނެ، ތިޔަބޭފުޅުންގެ އަނގައިގައި ވެސް ތަޅުއެޅުވޭނެ، ތިޔަބޭފުޅުންގެ ދަރިންގެ އަނގައިގައި ވެސް ތަޅުއެޅުވޭނެ،" ރަޝްވާން އޭނާގެ ޝުއޫރު ފާޅުކުރައްވަމުން ވިދާޅުވިއެވެ.
ރަޝްވާން ވިދާޅުވީ ގިނަ ޒުވާނުން ސޯޝަލް މީޑިއާ ބޭނުންކޮށް، ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކުރާ ކަން ސަރުކާރުގެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި މި ބިލުގެ ސަބަބުން މިފަދަ ފާޑުކިޔުންތަކަށް ފުރުސަތު ނެތިގޮސް، އެމީހުންނަށް ވެސް "ހަމަ ޕީއެންސީ ބޭފުޅުންހެން" ވާހަކަ ދައްކަން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޝުކުރިއްޔާ ރައީސް. ރައީސް ވަރަށް ހިތްހެޔޮ ރައީސް. މިއީ އެންމެ ހިތްހެޔޮ ރައީސް. ރައީސް ހާދަ މޮޅޭ. ރައީސް ވަރެއް ނެތް." މިފަދަ ވާހަކަތައް ދައްކަން މަޖުބޫރުވާފަދަ ރާއްޖެއެއްގައި އުޅޭކަށް ބޭނުން ނުވާކަމަށް ވަރަށް ހިތްހަމަނުޖެހުމާއެކު ރަޝްވާން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ސޯޝަލް މީޑިއާ ކޮންޓްރޯލް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދަނީ އިއްތިފާޤަކުން ނޫން ކަމަށާއި، މިއީ ވަރަށް "ކަލްކިއުލޭޓެޑް ސްޓްރެޓަޖީއަކުން" އައި ހިސާބެއް ކަމުގައި ރަޝްވާން ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި މިހާލަތާއި ހިސާބަށް އައިސްފައި މިވަނީ ސުޕްރީމް ކޯޓަށް އަތްބާނައި، ޕާލަމެންޓް މެންބަރުން ބަނުމަށްފަހުކަމަށެވެ. އަދި ކުރިން ވެސް ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށާއި އެގޮތުން ޓިކްޓޮކް ފަދަ ޕްލެޓްފޯމްތައް ރާއްޖޭގައި ރަޖިސްޓަރ ކުރުމަށް ގޮވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އޭރުއްސުރެ އެނގޭ މި އެއްޗެއް މިއީ ސޯޝަލް މީޑިއާ ކޮންޓްރޯލް ކުރަން ކުރާ ކަމެއްކަން. ސޯޝަލް މީޑިއާގައި މީހުން ދޮގު ހަދަނީއޭ ކިޔައިގެން،" މި ބިލު ހަދާފައިވަނީ ސީދާ ސޯޝަލް މީޑިއާ ކޮންޓްރޯލް ކުރުމަށް ކަމަށް ތުހުމަތުކުރައްވައި ރަޝްވާން ވިދާޅުވި އެވެ.
ރަޝްވާން ވަނީ ދައުލަތުގެ ތިން ބާރު ވަކިކޮށްފައި އޮތްތޯ ވެސް ސުވާލު އުފައްދަވާފައެވެ.
"ތިޔަ ބޭފުޅުންނަށް ހީވޭތޯ ތިން ބާރު ވަކިން ހެން އޮތީ، ބަނދެފައި އެ އޮތީ؟" ރަޝްވާން ވިދާޅުވިއެވެ.
ރަޝްވާން ފާހަގަކުރެއްވިގޮތުގައި މިހާރު ތިން ބާރު ވަނީ "މަސްހުނިވެފަ" އެވެ. އޭނާ ވިދާޅުވާގޮތުން ބާކީ އޮތީ އެންމެ ބާރެކެވެ. އެއީ ދިވެހި ރައްޔިތުންގެ އަޑެވެ.
"އެހެންވީމާ އަޅުގަނޑުމެން ހުންނާނަންތަ މަޑުން އަޅުގަނޑުމެންގެ އަޑު ނިގުޅުވައިގަނެގެން ގެންދާއިރު؟ ނުތިބޭނަން،" ވަރަށް ޖޯޝާއި ފޯރީގައި ވާހަކަދައްކަވަމުން ރަޝްވާން ވިދާޅުވިއެވެ. އޭނާ ވަނީ މަޖިލީހުން މި ބިލު ފާސްކުރަން މަސައްކަތްކުރާ ދުވަހު، މަޖިލިސް ކައިރިއަށް ގޮސް، އޭނާގެ އަޑު އުފުލާނެ ކަމަށްވެސް ވިދާޅުވެފައެވެ.
ރަޝްވާން އެ އިޝާރަތް ކުރައްވަނީ 'މީޑިއާ'އަކީ ކޮބައިކަން މާނަކޮށްފައި އޮތް ގޮތަށެވެ. އެގޮތުން މީޑިއާގެ ގޮތުގައި އެބިލުގައި މިހާރު މާނަކޮށްފައިވަނީ ޓީވީއާއި ރޭޑިއޯއާއި ސީޑީއާއި ވެބްސައިޓާއި ނޫސްމަޖައްލާތަކާއި ޕަބްލިކޭޝަންތަކާއި، އެ ނޫންވެސް ނަންނަމުގައި ރަޖިސްޓްރީކޮށްގެންނާއި ރަޖިސްޓްރީނުކޮށް މައުލޫމާތާއި ޚަބަރާއި ޚިޔާލު ފެތުރުމަށްޓަކައި ގަންނަން ލިބޭ ގޮތަށް ނުވަތަ ހިލޭ ލިބޭ ގޮތަށާއި ޗާޕުކޮށްގެންނާއި އިންޓަނެޓާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޝާއިއުކުރެވޭ ޝާއިއުކުރުންތަކަށެވެ.
އެހެންވެ، އެ ބިލު ފާސްކުރުމުން ސޯޝަލް މީޑިއާގައި ފާޅުކުރާ ޚިޔާލާ ގުޅިގެން ވެސް ފިޔަވަޅު އެޅޭނެ ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ވަނީ ފާޅުކޮށްފައެވެ. އެހެން ނަަމަވެސް ޕީއެންސީގެ ލީޑަރ ޝިޕްގެ އިސްބޭފުޅުން ގެންދަވަނީ އެކަން ދޮގުކުރަށްވަމުންނެވެ.
މީޑިއާ ބިލުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އެކި ކަންކަމާއި ސިޔާސީ މަޝްރަހުގައި މިހާރު ހިނގަމުންދާ އެކި ކަންކަމުގައި ޚިޔާލުފާޅުކުރައްވައި އަޑުއުފުއްލަވަމުން ގެންދަވާ ރަޝްވާނަކީ މެލޭޝިޔާގައި މަތީ ތަޢުލީމު ހާސިލު ކުރައްވަމުން ގެންދެވި އިރު 4000 އަށްވުރެ ގިނަ ދަރިވަރުން ހިމެނޭ ސްޓޫޑެންޓް އެސޯސިއޭޝަންގެ ރައީސްކަން ދެ ދައުރު ފުރުއްވާފައިވާ ޒުވާނެއެވެ.
މީޑިޔާ ބިލާއި ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސްނަގައިގެން ބޭއްވި "ހިޔާލާ ފިކުރު ކަފުނަށް" ފޯރަމަށް ބޮޑު ތަރުހީބު ލިބިފައިވާއިރު އެބިލާ ގުޅޭގޮތުން ގިނަބަޔަކު ވަނީ ޝުޢޫރުފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު