އޭއައި ފޮޓޯއެއް
އޭއައި ފޮޓޯއެއް
އިންޑިއާގެ ގަންޖް ބަސޯޑާ ސަރަހައްދުގައި ހުންނަ އިމާރާތެއްގައި މަސައްކަތްކުރަމުން ދިޔަ 60 އަހަރުގެ ފިރިހެނަކު، 11,000 ވޯލްޓުގެ ހައި-ވޯލްޓޭޖް ކަރަންޓު ކޭބަލަކާ ދިމާއަށް ކުޅު ޖެހުމުގެ ސަބަބުން ކަރަންޓު ޖެހިގެން ނިޔާވެއްޖެއެވެ.

ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި ހާދިސާ ހިނގާފައިވަނީ އެމީހާ އިމާރާތް ކުރަމުންދިޔަ އިމާރާތުގެ ތިންވަނަ ފަންގިފިލާގައި މަސައްކަތް ކުރަނިކޮށް، ގުޓްޚާ (ދުންފަތުގެ ބާވަތެއް) ބޭނުންކުރުމަށްފަހު ބޭރަށް ގުދުވެ ކޭބަލަށް ކުޅު ޖެހި ވަގުތުގައެވެ. ކުޅުގެ ޒަރީއާއިން ކަރަންޓު ދަތުރުކޮށް، ވަގުތުން އެމީހާގެ ހަށިގަނޑުގައި ކަރަންޓު ޖެހިފައިވެއެވެ.

މި ވަރުގަދަ ކަރަންޓު ޝޮކުގެ ސަބަބުން އެމީހާގެ ހަށިގަނޑު ވަރަށް ބޮޑަށް ފިހި، ހާދިސާ ހިނގި ތަނަށް ވަނީ މަރުވެފައެވެ.

މި ހާދިސާގެ ޚަބަރު ލިބުމާއެކު ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން ވަނީ އެ ސަރަހައްދަށް ގޮސް އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި ތަހުގީގުކުރަން ފަށާފައެވެ.

މި ހާދިސާއާ ގުޅިގެން، އިމާރާތްތަކާއި އިމާރާތްކުރާ ސައިޓުތަކުގެ ކައިރިން އަޅާފައިވާ ކަރަންޓު ކޭބަލްތަކުގެ ރައްކާތެރިކަމާ މެދު އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު