ކުރީގެ ރައީސުންނަށް ދޭ ޕެންޝަންގެ މިންވަރު ކުޑަކުރަން ތާއިދު ކުރަށްވާކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރަށްވައިފި އެވެ.
ރައީސް ނަޝީދު އެކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ކަމާ ގުޅޭ ގާނޫނުތައް އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވަނިކޮށެވެ.
ޅެންބައިތަކާއެކު ކުރީގެ ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރީގެ ރައީސުންނަށް ދޭ ޕެންޝަންގެ މިންވަރު ކުޑަކުރަން އެމަނިކުފާނަށްވެސް ފެނިވަޑައިގަންނަވާ ކަމަށެވެ.
ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެއް ދައުރު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 50،000 ރުފިޔާގެ އިނާޔަތެއް ދައުލަތުން ދޭންޖެހެއެވެ. އަދި އެއް ދައުރަށްވުރެ ގިނަ ދައުރު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 75،000 ރުފިޔާގެ އިނާޔަތެއް ހަމަޖައްސަންޖެހެއެވެ. މީގެ އިތުރުން، ދިރިއުޅުއްވުމަށްޓަކައި ތަނެއްގެ ޚަރަދުގެ ގޮތުގައި އިތުރު 50،000 ރުފިޔާ އަދި އޮފީސް ހިންގުމުގެ ޚަރަދަށް 175،000 ރުފިޔާ ދޭންޖެހޭނެ ކަމަށްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެއް ދައުރު ފުރިހަމަ ކުރައްވާފައިވާ މެންބަރުންނަށް އެ ބޭފުޅުންގެ މުސާރައިގެ 30 އިންސައްތަ ނުވަތަ މަހަކު 18،000 ރުފިޔާގެ އިނާޔަތެއް ލިބިވަޑައިގަންނަވާނެއެވެ. އަދި ދެ ދައުރު އަދާކުރައްވާފައިވާ މެންބަރުންނަށް މުސާރައިގެ 45 އިންސައްތަ ނުވަތަ މަހަކު 27،000 ރުފިޔާއަށްވުރެ ބޮޑު އަދަދެއްގެ އިނާޔަތެއް ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު