މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން، މިދިޔަ އަހަރުން ފެށިގެން މިހާތަނަށް 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މަތީ ތައުލީމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ޖުމްލަ 1226 ދަރިވަރަކަށް ލޯނު ދޫކޮށްފައިވެއެވެ. މީގެތެރޭގައި 560 ފިރިހެން ދަރިވަރުންނާއި 666 އަންހެން ދަރިވަރުން ހިމެނެއެވެ.
މިއަހަރު އެކަނިވެސް ޖުމްލަ 396 ދަރިވަރަކަށް ލޯނު ދޫކޮށްފައިވާ ކަމަށާއި، މި އަދަދުގެ ތެރޭގައި 153 ފިރިހެން ދަރިވަރުންނާއި 243 އަންހެން ދަރިވަރުން ހިމެނޭ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
2024 ވަނަ އަހަރުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން ޖުމްލަ 1065 ބިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި މި އަހަރުގެ މިހާތަނަށް މި ސްކީމްގެ ދަށުން 365.27 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ތަފާސްހިސާބުގައިވެއެވެ. އަދި ސްކޮލަޝިޕްސްގެ ގޮތުގައި 368 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.
އޭގެއިތުރުން މިމުއްދަތުގައި 4469 ދަރިވަރަކަށް ހިލޭ ޑިގްރީއަށް ކިޔެވުމަށް 267 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި މިހާރުވެސް 8330 ދަރިވަރުން ފުރަތަމަ ޑިގްރީއަށް ކިޔަވަމުން އަންނަކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު