ރާއްޖެއަށް ބޭސް އެތެރެކޮށް، ބޭހުގެ ވިޔަފާރި ކުރުމަށްޓަކައި ސަރުކާރުން އުފެއްދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ޑރ. ޝާހު މާހިރު އައްޔަން ކުރައްވައިފި އެވެ.

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނުގެ ނަމުގައި ހާއްސަ ކުންފުންޏެއް މިދިޔަ އަންގާރަ ދުވަހު ސަރުކާރުން ވަނީ އުފައްދާފައެވެ.

ޕްރައިވެޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ޝާހު އައްޔަންކޮށްފައިވާ ކަމަށެވެ. އަދި ބޯޑު މެމްބަރުންގެ ގޮތުގައި އިތުރު ދެ ބޭފުޅަކު މިއަދު އައްޔަން ކޮށްފައިވާ ކަމަށް ޕީސީބީ އިން ބުންޏެވެ.

ބޭސް ކުންފުނީގެ ބޯޑު މެމްބަރުންގެ ގޮތުގައި އައްޔަންކުރީ މ. ކުރެއްދޫގެ، އާއިޝަތު މުހައްމަދާއި ފްލެޓް ނަމްބަރު 1-3-10، ޝިބާނާ އަބްދުﷲ ދީދީ އެވެ.



ކިޔުންތެރިންގެ ހިޔާލު