އަހުމަދު މަސްނޫމް   15 ސެޕްޓެމްބަރު 2025 - 0:51
ފ.ނިލަންދޫގައި މީގެކުރިން ކުރިއަށް ގެންދިޔަ ޢީދު ކުޅިވަރު ކުޑަކުދިންތަކެއް ބަލަނީ
ފ.ނިލަންދޫގައި މީގެކުރިން ކުރިއަށް ގެންދިޔަ ޢީދު ކުޅިވަރު ކުޑަކުދިންތަކެއް ބަލަނީ
ފ. ނިލަންދޫން އަންހެން ކުއްޖަކު ގެއްލިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް ފަށައިފިއެެވެ.

ފުލުހުން ޚިދުމަތުން މިރޭ ބުނީ ނިލަންދޫ އިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުންދާ ކަމަށެވެ.

އެކަން މިރޭ 10:15 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެ ކުއްޖާ އިއްޔެ ހަވީރު ގެއިން ނިކުތްގޮތަށް ހަބަރެއް ވެފައިނުވާ ކަމަށް އާއިލާއާއި ހަވާލާދީ ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު