އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ (އައި.އޭ.އީ.އޭ.) ގެ މެންބަރު ޤައުމަކަށްވުމަށް އެދި ދިވެހިރާއްޖެއިން ހުށަހެޅި އެޕްލިކޭޝަން ބަލައިގަތުމަށް އެޖަމިއްޔާއިން މިއަދު ފާސްކޮށްފިއެވެ.
ރާއްޖެއިން އައި.އޭ.އީ.އޭ. ގެ މެންބަރު ޤައުމަކަށް ވުމަށް ހުށަހެޅީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުއެވެ. އެގޮތުން ރާއްޖެއިން އައި.އޭ.އީ.އޭ. ގެ މެންބަރަކަށްވުމަށް ހުށަހެޅީ ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންވާ ނިއުކްލިއަރ މެޑިސިން އަދި ރޭޑިއޭޝަން މެޑިސިން ފުޅާކޮށް ކުރިއެރުވުމަށާއި، ދެމެހެއްޓެނިވި ތަރައްޤީ ޙާސިލުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ ވަސީލަތްތައް ހޯދުމަށް އެ އޭޖެންސީގެ އެހީ ހޯދުމުގެ މަގްސަދުގައެވެ.
އައި.އޭ.އީ.އޭ. ގެ ސިޔާސަތުތައް ކަނޑައަޅާ އެ އެޖެންސީގެ އެންމެ މަތީ ގުނަވަންކަމުގައިވާ ޖެނެރަލް ކޮންފަރެންސް އިން މިނިންމުން ނިންމާފައިވަނީ މިމަހުގެ 15 އިން 19 އަށް އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ކުރިއަށްދާ އެ ކޮންފަރެންސްގެ 69 ވަނަ އާންމު ބައްދަލުވުމުގައެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއީ އައި.އޭ.އީ.އޭ. ގެ ފުރިހަމަ މެންބަރުކަން ހޯދުމަށް ރާއްޖެއިން ފުރިހަމަކުރަންޖެހޭ ފުރަތަމަ ފިޔަވަޅު ކަމަށެވެ.
އައި.އޭ.އީ.އޭ. ގެ ޖެނެރަލް ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެވަޑައިގަންނަވާ ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އެވެ.
އައި.އޭ.އީ.އޭ. ގެ މެންބަރު ޤައުމުތަކުގެ ފުރިހަމަ އަޣުލަބިއްޔަތުން ރާއްޖެއިން ހުށަހަޅާފައިވާ އެޕްލިކޭޝަން ބަލައިގަތުމާއެކު، އެމްބެސެޑަރ ސަލްމާ ވަނީ ކޮންފަރެންސްގެ ބައިވެރިންނާ މުޚާތަބުކުރައްވައި ތަޤުރީރުކުރައްވާފައެވެ.
ފޮރިން މިނިސްޓްރީން ބުނީ އެކަމަނާގެ ވާހަކަފުޅުގައި ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ޙިއްސާކުރައްވައި އެކަންކަމުން އަރައިގަތުމަށް ސައިންސްގެ ޒަރިއްޔާއިން ހައްލު ހޯދުމަށް، ބައިނަލްއަޤުވާމީ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާފައިވާކަމަށެވެ.
އެގޮތުން އެކަމަނާ ވަނީ އައި.އޭ.އީ.އޭ. ގެ މެންބަރުކަން ރާއްޖެއަށް ލިބުމަކީ ޤައުމީ ފެންވަރުގައި ޙާސިލުކުރެވޭ މުހިންމު ކުރިއެރުމެއް ކަމަށް ބަޔާންކުރައްވައި، މިކަމަކީ ދުނިޔޭގެ ސަލާމަތާއި ތަރައްޤީ ކަށަވަރުކުރުމަށް ކުދި ޤައުމުތަކުން އަދާކުރަމުންދާ ދައުރު ބައިނަލްއަޤުވާމީ މުޖުތަމައުން ބަލައިގަންނަކަމުގެ ހެއްކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. މީގެ އިތުރުން އެމްބެސެޑަރ ވަނީ އައި.އޭ.އީ.އޭ. އާ ގުޅުމާއެކު، ސިއްޙަތާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދާއިރާތަކުގެ އިތުރުން މީހުން ބިނާކުރުމުގެ ދާއިރާއިން އެ އެޖެންސީގެ ފަންނީ އެހީ ހޯދުމަށް ފުރުޞަތުތައް ހުޅުވިގެންދާނެކަންވެސް ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު