މަރްޔަމް ނަހްދާ ވަޙީދު   15 ސެޕްޓެމްބަރު 2025 - 20:10
އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު
އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަގުކޮއްޓަވަނީ އަބަދު ވެރިކަމުގައި ހުންނެވުމަށް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިހެން ވިދާޅުވެފައި ވަނީ ރިޔާސީ ދައުރު ފަސް އަހަރަށް ވުރެ ދިގުކޮށް ދަންމާލުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، މި ސަރުކާރުން އެކަން ނުކުރާނެ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވުމާ ގުޅިގެންނެވެ.

މިއަދު މަޖިލީހުން ފާސްކުރި ރައްޔިތުންގެ އާންމު ހިޔާލު ހޯދުމުގެ ވޯޓާއި ގުޅޭ ބިލުން ރިޔާސީ ދައުރު ދިގުދަންމާލަން ވޯޓު ނެގުމުގެ ފުރުސަތު ލިބެއެވެ.

މި ބިލަށް ބަހުސްކުރަމުން ފަލާހް ވިދާޅުވީ މި ސަރުކާރުން އެކަން ކުރަން ނޫޅޭ ކަމަށެވެ. އަދި ވޯޓަށް އަހާނީ މި ހިނގާ ރިޔާސީ ދައުރާއި މަޖިލީހުގެ މި ދައުރު ކުރުކޮށްލާ، ދެ އިންތިހާބު އެކީގައި ބޭއްވުމަށް ކަމަށް ފަލާހު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި އަމްރު ވިދާޅުވީ ފަލާހަކީ ރައީސް މުއިއްޒުގެ އަނގައެއް ނޫން ކަމަށާއި، އެއީ މުއިއްޒުގެ އަޅެއް ކަމަށެވެ.

އަދި ރައީސް މުއިއްޒު މަގުކޮއްޓަވަނީ އުމުރަށް ވެރިކަމުގައި ހުންނެވުމަށް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު